logoEN
Sto top
އިމިގްރޭޝަންގެ ވޯކް އިން އިންޓަވިއުއަށް 861 ބައިވެރިން ހާޒިރުވި!

އިމިގްރޭޝަންގެ ވޯކް އިން އިންޓަވިއުއަށް 861 ބައިވެރިން ހާޒިރުވި!

އަހުމަދު ޝުރާއު

logo

5/25/2025, 12:55:50 PM

# މޯލްޑިވްސް އިމިގްރޭޝަން

--

އިމިގްރޭޝަންއިން ހުޅުވާލާފައިވާ 50 އިމިގްރޭޝަން ޓްރެއިނީ އޮފިސަރުންގެ މަގާމަށް އިއްޔެ ބޭއްވި ވޯކް އިން އިންޓަވިއުއަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

Wamco

އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިމިގްރޭޝަން އޮފިސަރ ޓްރެއިނީގެ 50 މަގާމަށް މީހުން ހޯދުމަށް ފުރަތަމަ ފަހަރަށް ބޭއްވި ވޯކް-އިން އިންޓަވިއުތަކަށް ލިބުނީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ތަރުހީބެއް ކަމަށާއިޖުމްލަ 861 ފަރާތަކުން އިންޓަވިއުގައި ބައިވެރިވުމަށް ހާޒިރުވި ކަމަށެވެ. އަދި އިންޓަވިއުގައި ބައިވެރިވެފައިވަނީ ވަޒީފާގެ ޝަރުތު ހަމަވާ 758 ފަރާތް ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައި އެވެ.

އިމިގްރޭޝަނުން ބުނީ މިގޮތަށް އިންޓަވިއުތައް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ ވަޒީފާއަށް އައްޔަންކުރުން އަވަސްކޮށް، ދެފުށް ފެންނަގޮތަށް އިންސާފުވެރިކަމާއެކު ވަޒީފާ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.

އިއްޔެ ކުރިޔަށް ގެންދިޔަ ވޯކް އިން އިންޓަވިއުގެ މަސައްކަތުގައި 50 އަށްވުރެ ގިނަ އޮފިސަރުން ވަނީ ބައިވެރިވެފައިއެވެ. އަދި ވަކި ކިއުސިސްޓަމެއް ތައާރަފުކޮށް، އިންޓަވިއުގެ ނަންބަރުތައް އޮންލައިންކޮށް ބަލާލެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައި އެވެ.

އިމިގްރޭޝަނުން ބުނީ ދިގު ކިއުތަކެއް އޮތް ނަމަވެސް، އެންމެހާ ފަރާތްތަކުން ދެއްވި އެއްބާރުލުމާއި ކެތްތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވަވާ ކަމަށާއި އުއްމީދަކީ މުސްތަގުބަލުގައި އިންޓަވިއުއަށް އަންނަ ފަރާތްތަކަށް ދިމާވާ ދަތިތައް މަދުކޮށް، ކިއުގައި ގިނަވަގުތު ހޭދަކުރަން ނުޖެހޭފަދަ ގޮތަކަށް މި މަސައްކަތް އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަ ކޮށްދިނުން ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside