logoEN
Sto top
އިމިގްރޭޝަނުންވެސް ބޮޑީ ކެމް ބޭނުންކުރަން ފަށައިފި

އިމިގްރޭޝަނުންވެސް ބޮޑީ ކެމް ބޭނުންކުރަން ފަށައިފި

އަހުމަދު ޝުރާއު

logo

5/24/2025, 4:45:36 PM

# މޯލްޑިވްސް އިމިގްރޭޝަން

--

މޯލްޑިވްސް އިމިގްރޭޝަނުގެ އޮޕަރޭޝަންތަކުގައި ބޮޑީ ކެމެރާ ބޭނުންކުރަން ފަށައިފި އެވެ.

Wamco

އިމިގްރޭޝަނުން މިއަދު ބުނީ މިއަދުން ފެށިގެން އެއިދާރާގެ އޮޕަރޭޝަންތަކުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން މި ކެމެރާތައް ފުރަތަމަ ފަހަރަށް ބޭނުންކޮށްފައިވަނީ މިއަދު ހުޅުމާލޭ ފޭސް 1 ގައި ހިންގި އޮޕަރޭޝަނެއްގައި އެވެ. މި އޮޕަރޭޝަންގެ ތެރެއިން 3 ބިދޭސީއަކު އަތުލައިގެންފައިވާއިރު އޭގެ ތެރެއިން އެއް ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ އޮފިސަރުންނަށް ފިލަން މަސައްކަތް ކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.

އިމިގްރޭޝަންއަކީ ރާއްޖޭގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށި ސަލާމަތީ ތިން ވަނަ އިދާރާއެވެ. މީގެ ކުރީން ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިންވެސް ވަނީ ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށާފައި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އިމިގްރޭޝަނުގެ ކުރިޔަށް ހުރި ހުރިހާ އޮޕަރޭޝަނެއްގައިވެސް ބޮޑީ ކެމެރާތައެް މީގެ ފަހުން ބޭނުންކުރާނެ އެވެ. މި ކެމެރާ ބޭނުންކުރުމަށް ދާދި ފަހުން އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ވަނީ ތަމްރީން ކޮށްފައި އެވެ. އަދި މި ކެމެރާތައް ބޭނުންކުރާނީ އެއިދާރާގެ އެންފޯސްމެންޓު ޑިޕާޓްމެންޓުގެ އޮފިސަރުންނެވެ.

ދާޚިލީ ވުޒާރާ އާއި، މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެންދަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ޚާއްސަ އޮޕަރޭޝަންތަކެއްވެސް ކުރިޔަށް ގެންދަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside