logoEN
Sto top
ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ޙައްޖުވެރިންނަށް ޚާއްސަކޮށް ރަސްމީކޮށް ކުލިނިކެއް!

ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ޙައްޖުވެރިންނަށް ޚާއްސަކޮށް ރަސްމީކޮށް ކުލިނިކެއް!

އަހުމަދު ޝުރާއު

logo

5/24/2025, 4:40:23 PM

# އިސްލާމިކް މިނިސްޓްރީ

--

ރާއްޖޭގެ ޙައްޖުވެރިންނަށް ޚާއްސަކޮށް ރަސްމީކޮށް ކުލިނިކެއް ހެދުމުގެ ހުއްދަ ސަޢުދީ ސަރުކާރުން ދިވެހި ޙައްޖު މިޝަނަށް ދެއްވައިފިއެވެ.

Wamco

ދިވެހި ޙާޖީންނަށް ޚާއްސަކޮށް ޙާޖީން ތިބޭ ހޮޓަލުގައި މި ކްލިނިކް ޤާއިމް ކުރުމުގެ މަސައްކަތް ޙައްޖު ކޯޕަރޭޝަނުން މިހާރު ފުރިހަމަކޮށްފައިވާއިރު، މި ކްލިނިކް ޤާއިމް ކޮށްފައިވަނީ މައްކާގެ އަބީރު ހޮސްޕިޓަލާއި ގުޅިގެންނެވެ. ދިވެހި ޙައްޖުވެރިން ތިބޭ ހޮޓެލުގައި ޤާއިމުކޮށްފައިވާ މި ކްލިނިކުގައި ބޭސްފަރުވާގެ އިންތިޒާމްތައް ފުރިހަމަ ކުރެވޭނެ ހެން ހޮސްޕިޓަލު އެނދުވެސް ބަހައްޓާފައިވާކަން ފާހަގަކޮށްލެވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ މިގޮތަށް ސަޢުދީ ޢަރަބިއްޔާގެ ހޮސްޕިޓަލަކާއި ގުޅިގެން، އަދި ރަސްމީކޮށް ޙައްޖުވެރިންނަށް ޚިދުމަތް ދިނުމަށް ކްލިނިކެއް ހުޅިވިގެންދާ ފުރަތަމަ ފަހަރެވެ.

ދިވެހި ޙައްޖުވެރިންނަށް ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ފުރިހަމަ ޚިދުމަތެއް ޙައްޖުވެރިންނަށް ދިނުމަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިންނާއި ޙައްޖު ކޯޕަރޭޝަނުން ވަރަށް އިސްކަމެއް ދީގެން ކުރަމުން ގެންދާކަމެކެވެ.

މިގޮތުން ދިވެހި ޙައްޖުވެރިންގެ ޙައްޖު ދަތުރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާ މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމެނިފައިވާކަމީ މި ސަރުކާރުން ކުރަމުން ދާ މަސައްކަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަން ފާހަގަކޮށްލެވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside