logoEN
Sto top
50 އިމިގްރޭޝަން ޓްރެއިނީ އޮފިސަރުންގެ މަގާމަށް ވޯކްއިން އިންޓަވިއު ފެށިގެން ކުރިޔަށް: 5 ޖަހަންދެން ކުރިޔަށްދާނެ!

50 އިމިގްރޭޝަން ޓްރެއިނީ އޮފިސަރުންގެ މަގާމަށް ވޯކްއިން އިންޓަވިއު ފެށިގެން ކުރިޔަށް: 5 ޖަހަންދެން ކުރިޔަށްދާނެ!

އަހުމަދު ޝުރާއު

logo

5/24/2025, 7:56:19 AM

# މޯލްޑިވްސް އިމިގްރޭޝަން

--

މޯލްޑިވްސް އިމިގްރޭޝަނަށް ޓްރެއިނީ 50 އޮފިސަރުން ހޮވުމަށް ކުރިޔަށް ގެންދާ ވޯލް އިން އިންޓަވިއު މާލޭގައި މިއަދު ހެނދުނު ފެށިއްްޖެއެވެ.

Wamco

"ވޯކް އިން އިންޓަވިއު" ކުރިޔަށްދަނީ މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އަށް ގަލޮޅު ސްކޫލުގައި ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި އޯލެވެލް ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނެއްގައި ދަށްވެގެން ދެ މާއްދާއިން "ޑީ" ލިބިފައި ވުމާއެކު، އޯލެވެލް ނުވަތަ އޭލެވެލްގައި ދިވެހިން ދަށްވެގެން "ސީ" ލިބިފައިވުމާއި ނުވަތަ އެމްއެންކިއުއެފް ލެވެލް 3 ސެޓްފިކެޓް ފުރިހަމަކޮށްފައިވުން އަދި އިއުލާނުގެ މުއްދަތު ހަމަވާ ދުވަހަށް އުމުރުން 40 އަހަރަށް ވުރެ ދޮށީ މީހަކަށް ނުވުން ހިމެނެއެވެ.

އަދި އިމިގްރޭޝަން އޮފިސަރެއްގެ ވަޒީފާ އަދާކޮށް އުޅުމުގެ ޖިސްމާނީ، ނަފްސާނީ އަދި ސިއްޚީ ޤާބިލްކަން ލިބިފައިވުން ( އިންޓަވިއުއިން ފާސްވެ ވަޒީފާ ހަމަޖެއްސުމަށް ފޮނުވުމުގެ ކުރީން މެޑިކަލް ޗެކަޕް ހައްދަންޖެހެއެވެ.)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ތެރޭގައި އެއާޕޯޓްގެ ބޯޑަރކޮންޓްރޯލްގެ މަސައްކަތްކުރުމާއި ދިވެހި ރައްޔިތުންނަށް ޕާސްޕޯޓް އަދި ޓްރެވަލް ޑޮކިއުމެންޓްގެ ޙިދުމަތްދިނުމުގެ މަސައްކަތްކުރުމުގެ އިތުރުން ސީޕޯޓް ސެކްޝަންގެ މަސައްކަތްކުރުން ހިމެނެއެވެ.

މީގެ އިތުރުން ވިޒާ ސެކްޝަންގެ މަސައްކަތްކުރުމާއި އޮފީހަށް ދިމާވާ ޚާއްސަ ހާލަތާއި ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުންވެސް ހިމެނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރާއި ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ.ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް، ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން ހިމެނެއެވެ.

ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވެލް ކަނޑައަޅައި ތައްގަނޑުޖަހާފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ކޮޕީ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3330411 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމަންޓް އުޞޫލު " (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside