logoEN
Sto top
އުފެއްދުންތެރިކަމުގެ މަޢުރަޒަކީ ޤައުމީ ތަރައްޤީއަށް ބޭނުންވާ އައު ޚިޔާލުތަކާއި ހައްލުތަކަށް މުހިންމު ފުރުޞަތެއް - ޒަމީރު

އުފެއްދުންތެރިކަމުގެ މަޢުރަޒަކީ ޤައުމީ ތަރައްޤީއަށް ބޭނުންވާ އައު ޚިޔާލުތަކާއި ހައްލުތަކަށް މުހިންމު ފުރުޞަތެއް - ޒަމީރު

އަހުމަދު ޝުރާއު

logo

5/23/2025, 12:53:20 PM

# މޫސާ ޒަމީރު

-

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަކީ ޤައުމީ ތަރައްޤީއަށް ބޭނުންވާ އައު ޚިޔާލުތަކާއި ހައްލުތައް ހުށަހެޅުމަށް ވަރަށް މުހިންމު ފުރުޞަތެއް ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

Wamco

ވަޒީރު މޫސާ ޒަމީރު މިހެން ވިދާޅުވީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025ގެ އިނާމު ދިނުމުގެ ރަސްމިއްޔާތަށް ފަހު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައެވެ.ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތު އޮތީ 22 މެއި 2025 ވަނަ ދުވަހުގެ ރޭ ސޯޝަލް ސެންޓަރގައެވެ.

"ދިވެހިރާއްޖޭގެ ކުރިމަގު އިތުރަށް ވަރުގަދަކޮށް، ކުރިއަށް ގެންދިއުމަށް މަސައްކަތްކުރާ އެތައް ބައެއްގެ މަސައްކަތް މި އެކްސްޕޯގައި ފެނިގެންދިޔަ،" ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

މީގެއިތުރުން، މި މަޢުރަޒަކީ ގައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީތެރިވެދޭނެ އައު އީޖާދުތަކާއި، ހައްލުތަކާއި އަދި އައު ޚިޔާލުތައް ހުށަހެޅުމަށް ލިބޭ މުހިންމު ފުރުސަތެއްކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ޖުމްލަކޮށް 275 ވަނައެއް ހޮވާ އިނާމު ހަވާލުކޮށްފައިވެއެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ޖުމްލަ 383 ފަރާތަކުން ބައިވެރިވެފައިވެއެވެ. އެއީ 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުންނެވެ.

މިގޮތުން އެންމެ ގިނައިން ބައިވެރިވެފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. މި މަޢުރަޒުގައި ހދ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް ގިނަ ރަށްތަކަކުން ބައިވެރިވެފައި ވެއެވެ. މަޢުރަޒުގައި އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައިވަނީ މާލެއާއި ބ.ތުޅާދޫ އިންނެވެ. މަޢުރަޒުގައި 3600އަށްވުރެ ގިނަ ތަކެތި ބައިވެރި ކުރުމަށް އެޕްލިކޭޝަން ފޯމް ފުރާފައިވެއެވެ.

"ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު"ގެ ނަމުގައި މަޢުރަޒެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު 19 މޭ 2024ގައެވެ. މިއީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބާއްވާ މަޢުރަޒެކެވެ.

މި މަޢުރަޒު ކުރިއަށްދާނީ 23 މެއި އިން ފެށިގެން 31 މޭގެ ނިޔަލަށެވެ. މި މަޢުރަޒު އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ 8:30ގައެވެ. މިހާތަނަށް ރާއްޖޭގައި ބޭއްވޭ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މި މަޢުރަޒު، އިންތިޒާމްކޮށް ކުރިއަށް ގެންދަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside