
ދިއްގަރާއި މަޑުއްވަރީ އަދި ރަތްމަންދޫގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފަށައިފި
# ބޭންކް އޮފް މޯލްޑިވްސް--
މ އަތޮޅުގެ ތިން ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.

ބީއެމްއެލްއިން އޭޓީއެމްގެ ހިދުމަތްތައް އިއްޔެ ފަށާފައިވަނީ މ އަތޮޅު މަޑުއްވަރީއާއި ދިއްގަރުގެ އިތުރުން ރަތްމަންދޫގައި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެރަށްތަކުގައި އޭޓީއެމްތައް ގާއިމްކޮށް ރަސްމީކޮށް ހުޅުއްވައި ދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު އެވެ. ކޮންމެ ރަށެއްގައި ވަކި ވަކީން ބޭއްވި ރަސްމިއްޔާތުތަކުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިންނާއި އެރަށްތަކުގެ ކައުންސިލުގެ މެންބަރުންނާއި އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މާލީ މުހިންމު ހުރިހާ ޚިދްމަތްތަކެއް އެއްތަނަކުން ލިބޭނެފަދަ އިންތިޒާމެއް، ރާއްޖޭގެ މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި ޤާއިމުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، ދިވެހިރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި އޭޓީއެމްގެ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޢިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިޔާ ބެހޭ ވުޒާރާ އާއި ބޭންކް އޮފް މޯލްޑިވްސްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެވުނީ 7 ނޮވެމްބަރ 2024 ގައެވެ.
މިއާއި އެކު މިހާތަނަށް ރާއްޖޭގެ ތިން އަތޮޅެއްގެ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތްތައް ވަނީ ގާއިމްކޮށްފައި އެވެ.
ގުޅުންހުރި

ދިއްގަރާއި މަޑުއްވަރީ އަދި ރަތްމަންދޫގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފަށައިފި

ބޭންކު ފަންޑަށް ހުޅުވާލައިފި: 5 ޕްރޮޖެކެްޓެއް ހޮވައި ކޮންމެ ޕްރޮޖެކްޓަކަށް ދެލައްކަ ރުފިޔާ!

ބީއެމްއެލް އިން މާސްޓަރކާޑް ބިޒްނަސް ޕްރީޕެއިޑް ކާޑު ތައާރަފްކޮށްފި
