logoEN
Sto top
ދެކުނުގެ އަތޮޅުތަކަށްވެސް ހުދު ސަމާލު ނެރެފި

ދެކުނުގެ އަތޮޅުތަކަށްވެސް ހުދު ސަމާލު ނެރެފި

އަހުމަދު ޝުރާއު

logo

5/29/2025, 9:00:10 AM

# މޫސުމާއިބެހޭ ގައުމީ އިދާރާ

--

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާޅު ނެރެފި އެވެ.

Wamco

މޫސުމާއި ބެހޭ ގައިމީ އިދާޜާއިން ދާދި ދެންމެ އަކު ހުދު ސަމާލު ނެރުނީ ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށެވެ. އެގޮތުން ހުދު ސަމާލު ނެރެފައިވަނީ މިއަދުގެ 14:00 އިން ފެށިގެން މިރޭގެ 18:00 ގެ ނިޔަލަށެވެ. ދެކުނުގެ 4 އަތޮޅަށް ނެރުނު ހުދު ސަމާލުގައި މޫސުމާއި ބެހޭ އިދާރާއިން ވަނީ އެސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާކޮށްފައި އެވެ.

މީގެ އިތުރުން ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ލ އަތޮޅުން އައްޑޫ ސިޓީއާއި ހަމައަށް މިއަދުގެ 17:00 ގެ ނިޔަލަށްވެސް ހުދު ސަމާލެއް ވަނީ ނެރެފައި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މީގެ ކުރީން ވަނީ ހއ އަތޮޅުން ފެށިގެން ތ އަތޮޅާއި ހަަމައަށްވެސް ހުދު ސަމާލު ނެރެފައި އެވެ. އެގޮތުން ހއ އިން ތ އަށް ނެރުނު ހުދު ސަމާލުގެ މުއްދަތުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside