
ކީރިތި ޤުރުއާން ކިޔެވުމަކީ އާދައެއްގެ ގޮތުގައި ހެއްދެވުމަށް މިނިސްޓަރު އާދަމް ޝަރީފް އިލްތިމާސްކުރައްވައިފި
# އާދަމް ޝަރީފް--
ކީރިތި ޤުރުއާން ކިޔެވުމަކީ އާދައެއްގެ ގޮތުގައި ހެއްދެވުމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު އިލްތިމާސްކުރައްވައިފިއެވެ.

މިނިސްޓަރ މި ގޮތަށް އިލްތިމާސްކުރެއްވީ ޕީއެސްއެމްގެ ކުޑަކުދިންގެ ޤުރުއާން މުބާރާތް 1446ގެ ނަތީޖާ ފާޅުކުރުމާއި، އިނާމުދިނުމުގެ ޙަފުލާ ޝަރަފުވެރިކޮށްދެއްވާ އިއްޔެ ހަވީރު ދެއްކެވި ވާހަކަފުޅުގައެވެ.
ޕީއެސްއެމްގެ ކުޑަކުދިންގެ ޤުރުއާން މުބާރާތް 1446ގެ ނަތީޖާ ފާޅުކުރުމާއި، އިނާމުދިނުމުގެ ޙަފުލާ ޝަރަފުވެރިކޮށްދެއްވާ އިއްޔެ ހަވީރު މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ޤުރުއާން މުބާރާތް ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ ބައްލަވައިލައްވައިފައެވެ. އަދި ޤުރުއާން މުބާރާތްތަކުގައި ލޯތްބާއި، ޝައުޤުވެރިކަމާއެކު ބައިވެރިވާ ފަރާތްތަކުގެ ޢަދަދު އިތުރުވެގެންދާކަން އުފަލާއެކު މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ހުރިހައި ބޭފުޅުން ވެސް ޤުރުއާން ކިޔަވައިވިދާޅުވުމަކީ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި، އާދައެއްގެ ގޮތުގައި ހައްދަވައިގެން އަބަދުވެސް ކުރައްވާކަމެއްގެ ގޮތުގައި ހެއްދެވުމަށް އިލްތިމާސްކުރަން" މިނިސްޓަރ ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ވަރަށް ބޮޑު އިސްކަމެއް ކީރިތި ޤުރުއާނަށް ދެއްވަމުން ދިޔުމަކީ، ކީރިތި ޤުރުއާންނަށް އޮންނަ އަހަންމިއްޔަތުކަން އިތުރުވެގެންދާނެ ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ޚާއްޞަކޮށް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ވަރަށް ބޮޑު ޚާއްޞަ އިސްކަމެއް ޤުރުއާނަށް ދެއްވައިގެން، އެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާކަން އެއީ އަޅުގަނޑުމެން ދިވެހިރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އަބަދުވެސް އިސްލާމްދީނާއި، ކީރިތި ޤުރުއާނަށް ހުންނަ އަހަންމިއްޔަތުކަން އިތުރުވެގެންދާނެ ކަމެއް ކަމުގައި އަޅުގަނޑުދެކެން" މިނިސްޓަރ ވިދާޅުވިއެވެ.
ޕީއެސްއެމްއިން ބާއްވާ ކުޑަކުދިންގެ ގުރުއާން މުބާރާތަކީ ކުޑަކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި އިތުރު ކުރުމަށާއި ތަޖުވީދުގެ ހަމަތަކަށް ކިޔެވުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ މުބާރާތަކެވެ.
ގުޅުންހުރި

ކީރިތި ޤުރުއާން ކިޔެވުމަކީ އާދައެއްގެ ގޮތުގައި ހެއްދެވުމަށް މިނިސްޓަރު އާދަމް ޝަރީފް އިލްތިމާސްކުރައްވައިފި

ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެވޭނީ ދައުލަތުގެ 3 ބާރާއެކު މީޑިއާއާއި ރައްޔިތުން ނިޒާމުގެ މަފުހޫމް ހޭހަންކޮށް - އާދަމް ޝަރީފް

ރާއްޖޭގައި ހުރި ހުރިހައި ނިޒާމެއް، ލާމަރުކަޒީ ނިޒާމަށް ފަހިވެފައި އަދި ނެތް - އާދަމް ޝަރީފު
