logoEN
Sto top
ހިންނަވަރުގެ ފެނަކަ އޮފީސް އިމާރާތުގެ މަސައްކަތް ނިމުމަކާއި ގާތަށް!

ހިންނަވަރުގެ ފެނަކަ އޮފީސް އިމާރާތުގެ މަސައްކަތް ނިމުމަކާއި ގާތަށް!

އަހުމަދު ޝުރާއު

logo

5/14/2025, 7:31:01 AM

# ފެނަކަ ކޯޕަރޭޝަން

--

ޅ ހިންނަވަރުގައި ތަރައްޤީކުރަމުން އަންނަ ފެނަކަ ކޯޕަރޭޝަންގެ އޮފީސް އިމާރާތް ނިމުމަކާއި ގާތްވެފައިވާ ކަމަށް އެކުންފުނިން މިއަދު ހާމަކޮށްފި އެވެ.

Wamco

ފެނަކައިން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު މީޑިއާތަކާއި ހިއްސާކޮށްފައި އެވެ. އެގޮތުން އެކުންފުނީން ބުނީ ޅ. ހިންނަވަރުގެ އޮފީސް އިމާރާތުގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އިންޓަލޮކް ކޮންސްޓްރަކްޝަން އާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫޢު މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ލަފާކުރެވޭކަމަށްވެސް އެކުންފުނީން ވަނީ ހާމަކޮށްފައި އެވެ.

ދެ ބުރިއަށް އިމާރާތް ކުރާ މި އިމާރާތް އެއްކޮށް ނިމޭއިރު، އެންމެ ޒަމާނީ ވަސީލަތްތައް ގާއިމްވެފައި ހުންނާނެކަމަށް އެ ކުންފުނިން މައުލޫމާތު ދެއްވައެވެ.

އޮފީސް އިމާރާތަކީ ޖާގައިގެ ގޮތުން ތަނަވަސް އިމާރާތަކަށް ވުމުން، މުވައްޒަފުންނަށާއި ޚިދުމަތް ހޯދާ ކަސްޓަމަރުން މިހާރަށްވުރެ ފަަސޭހަ ވެގެންދާނެކަންވެސް އެކުންފުނީން ވަނީ ހާމަކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside