-1736945032661.webp&w=3840&q=75)
ޔޫޕީއާރް ރިޕޯޓާ ގުޅޭގޮތުން މަަދަނީ ޖަމްޢިއްޔާތަކާއެކު ބާއްވާ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމަށް ހުޅުވާލައިފި
# ބަންޑާރަ ނައިބް--
ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު.) ގެ ހަތަރު ވަނަ ސައިކަލްގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓާ ގުޅޭގޮތުން، އިންސާނީ ޙައްޤުތަކާގުޅޭ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކާ މަޝްވަރާކުރުމަށް ބަންޑާރަނައިބުގެ އޮފީހުން ބާއްވާ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޔޫ.ޕީ.އާރުއަކީ އ.ދ ގެ މެންބަރު ޤައުމުތަކުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކުރެވެމުންދާ މިންވަރާއި، އެ ޤައުމުތަކުގެ އިންސާނީ ޙައްޤުތަކުގެ ޙާލަތާއި، އިންސާނީ ޙައްޤުތަކާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތައް ތަންފީޛުކުރެވެމުންދާ މިންވަރު ދެނެގަތުމަށްޓަކައި އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލް އިން ކޮންމެ 4.5 އަކުން އެއްފަހަރު ކުރާ ރިވިއުއެކެވެ.
މި މަޝްވަރާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، 19 މޭ 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި، ބަންޑާރަނައިބުގެ އޮފީހުގައެވެ. އަދި، މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން، މިލިންކް މެދުވެރިކޮށް، 15 މޭ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަން ފުރިހަމަކުރެއްވުމުގެ ދަޢުވަތު ބަންޑާރަނައިބުގެ އޮފީހުން ދެއްވާފައިވެއެވެ.
އަދި، މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ރަޖިސްޓަރީކުރައްވާ ފަރާތްތަކަށް ބައްދަލުވުމާ ގުޅުންހުރި އިތުރު މަޢުލޫމާތު ޙިއްޞާކުރައްވާނެ ކަމުގައިވެސް ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވެފައިވެއެވެ.
ގުޅުންހުރި
-1763645598717.webp&w=3840&q=75)
ނަސްލީ ތަފާތުކުރުންތައް ނައްތާލުމާ ގުޅޭ ބައިނަލްއަޤުވާމީ މުޢާހަދާގެ ރިވިއުގައި ރާއްޖެއިން ބައިވެރިވެއްޖެ
-1736945051293.webp&w=3840&q=75)
އެން.އެމް.އައި.އާރު.އެފް. ގެ ދަށުން ރާއްޖެއިން ކުރަންޖެހޭ ރިޕޯޓިންގގެ މަސައްކަތްތަކާއި ގުޅޭ ބައްދަލުވުންތަކެއް ބާއްވައިފި

އައު ގާނޫނާއި އެކު ގޭންގު އަދި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ މައްސަލައަށް ރަނގަޅު ޙައްލުތަކެއް ލިބޭނެ - އުޝާމް





