logoEN
Sto top
ރައީސް އެދިވަޑައިގެންނެވި ގޮތަށް ބީއެމްއެލްއިން ހައްޖަރުވެރީންގެ ޑޮލަރު ލިމެޓު ބޮޑުކޮށްދީފި

ރައީސް އެދިވަޑައިގެންނެވި ގޮތަށް ބީއެމްއެލްއިން ހައްޖަރުވެރީންގެ ޑޮލަރު ލިމެޓު ބޮޑުކޮށްދީފި

އަހުމަދު ޝުރާއު

logo

5/12/2025, 10:59:22 AM

# ބީއެމްއެލް

--

މި އަހަރު ޙައްޖަށް ވަޑައިގަންނަވާ އެންމެހާ ކަސްޓަމަރުންގެ ޑެބިޓް ކާޑަށް ‌‌1750‌‌ ޔޫއެސް ޑޮލަރުގެ ލިމިޓް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް‌‌ އިން ނިންމައިފި އެވެ.

Wamco

ބީއެމްއެލްއިން މި ނިންމުން ނިންމާފައިވަނީ މި އަހަރު ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ކޮންމެ ޙައްޖުވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން، 1750 ޑޮލަރުގެ ލިމިޓެއް އިތުރަށް ހަމަޖައްސަވައި ދެއްވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު އެބޭންކުގައި އެދުމާއި ގުޅިގެންނެވެ.

އެގޮތުން ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ ޑެބިޓް ކާޑަށް ދޫކުރުމަށް ހަމަޖެހިފައިވާ ‌‌1750‌‌ ޔޫއެސް ޑޮލަރުގެ ލިމިޓްގެ އިތުރުން، ޑެބިޓް ކާޑުތަކަށް މިހާރުވެސް‌‌ މަހަކަށް ހަމަޖައްސާފައިވާ ‌‌250‌‌ ޔޫއެސް ޑޮލަރުގެ ލިމިޓް ލިބޭނެ ކަމަށެވެ. އަދި ކާޑުތަކުގެ ލިމިޓްގެ އިތުރުން، ހުރިހާ ޙައްޖު ވެރިންނަށްވެސް‌‌ މިހާރެކޭ އެއްގޮތަށް ‌‌500‌‌ ޔޫއެސް ޑޮލަރު ބޭންކުން ވިއްކާނެކަންވެސް ވަނީ ހާމަކޮށްފައި އެވެ.

ނިމިދިޔަ ރަމަޟާންމަހު ރާއްޖެއިން ޢުމްރާއަށް ވަޑައިގެންނެވި ކޮންމެ ޢުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށްވެސް ވަނީ، 1500 ޑޮލަރުގެ ލިމިޓެއް އިތުރަށް ހަމަޖައްސަވައި ދެއްވައިފައެވެ. ބީ.އެމް.އެލުން ވަނީ މި އިރުޝާދާއި އެއްގޮތަށް، 1،005،172.82 އެެމެރިކާ ޑޮލަރު 15.42ގެ ރޭޓުން ޢުމްރާވެރިންނަށް ދޫކޮށްފައެވެ. މި ފައިސާ ޢުމްރާވެރިންނަށް ފޯރުކޮށްދިނީ، 8،979 ޓްރާންސެކްޝަން މެދުވެރިކޮަށެވެ.

ޙައްޖުވެރީންނަށް ޑޮލަރު ލިމިޓް ބޮޑުކޮށް ދެއްވަން އެދެވަޑައިގެންފިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި، ދިވެހި ރައްޔިތުންގެ ބެންކްގެ ގޮތުގައި ބީއެމްއެލުން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ބޭރު ފައިސާއާބެހޭ ޤާނޫނެއް އެކުލަވާލައި، ފާސްކޮށް، ތަންފީޒުކުރަން ވަނީ ފަށައިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ފާއިތުވި 2024 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒަރވް ވަނީ އިތުރުވެފައެވެ. އަދި، 2025 ވަނަ އަހަރުގެ ސެޕްޓެންބަރ މަހުން ފަށައިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށައިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside