
މުވައްޒަފުންގެ ޕެންޝަން ހައްގަށް އުނިކަމެއް ނާންނާނެހެން ފައިސާ ދަނީ ދައްކަމުން، ދައުރުވަމުންދަނީ ދޮގު ވާހަކަތަކެއް - ވެމްކޯ
# ވެމްކޯ--
މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކޮށް 8 މަސް ދުވަސް ވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

ވެމްކޯ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިއަދާ ހަމައަށް ވެސް އެ ކުންފުނިން އަންނަނީ މުވައްޒަފުންގެ ޕެންޝަން ފައިސާ ދައްކަމުން ކަމަށާއި ޕެންޝަން އޮފީހާއި އެ ކުންފުންޏާއި ދެމެދު ވާހަކަ ދެކެވި، ޖެހިފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށެވެ. އެގޮތުން މިވަގުތު މުވައްޒަފުންގެ މުސާރަ އާއި ޕެންޝަން ފައިސާގެ ކަންކަމާއި ގުޅިގެން ޕެންޝަން އޮފީހާ ވާހަކަ ދައްކައިގެން ފަސޭހަ އިންތިޒާމަކުން ފައިސާ ހަލާސްކުރެވޭނެ ގޮތަކަށް ދެފަރާތުން އެއްބަސްވެވިފައިވާ ކަމަށް ވެމްކޯ އިން ބުނެ އެވެ.
އެގޮތުން އެއްވެސް މުވައްޒަފެއްގެ ޕެންޝަން ހައްގަށް އުނިކަމެއް ނާންނާނެހެން ފައިސާ ދެއްކުން ރޭވިފައިވާ ކަމަށްވެސް ވެމްކޯގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައި އެވެ.
ވެމްކޯގެ މާލީ ހާލަތް ހާމަކޮށް ބަޔާނުގައި ބުނީ، ކުންފުނީގެ ހަރަދުތަކާއި މުވައްޒަފުންގެ މުސާރަ ހަމަޖައްސަމުންދަނީ ކުންފުންޏަށް ލިބޭ އާމްދަނީއަކުން ވެފައި، ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ގިނަ ތަންތަނުން ނުލިބޭ ކަމަށެވެ. އެގޮތުން އެގޮތުން މާލޭ ސިޓީ ކައުންސިލުން މިހާރުވެސް ވެމްކޯއަށް ދައްކަން ޖެހި ނުދައްކާ 66 މިލިއަނެއްހާ ރުފިޔާ އޮތް ކަމަށް ވެމްކޯގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައި އެވެ.
ބަޔާން ނިންމާލަމުން ވެމްކޯއިން ވަނީ މުވައްޒަފުންނަށް އޮޅޭނެހެން އަދި މުވަޒަފުންގެ ހިތުގައި ނަފްރަތާއި ރުޅިވެރިކަން އުފެދޭނެ ގޮތަށް މައުލޫމާތު ފަތުރަމުންދާތީ އެކަން ކުށްވެރިކޮށް، އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ގުޅުންހުރި

މުވައްޒަފުންގެ ޕެންޝަން ހައްގަށް އުނިކަމެއް ނާންނާނެހެން ފައިސާ ދަނީ ދައްކަމުން، ދައުރުވަމުންދަނީ ދޮގު ވާހަކަތަކެއް - ވެމްކޯ

ވެމްކޯގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

ގައުމީ މުބާރާތުގެ ތަށި ވެމްކޯ އިން ދިފާއުކޮށްފި
