
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ތިންވަނަ ބުރަށް ކުރިމަތިލުމުގެ ސުންގަޑި މާދަމާއަށް ހަމަވާނެ: މިހާތަނަށް 200 އަށްވުރެ ގިނަ ހުށަހެޅުން!
# އިސްލާމިކް މިނިސްޓްރީ--
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ތިންވަނަ ބުރަށް މިހާތަނަށް 200 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލައިފި އެވެ.

މިކަން ހާމަކުރައްވާ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ތިންވަނަ ބުރަށް މިހާތަނަށް 283 ޒުވާނުން ކުރިމަތިލާފައިވާ ކަމަށެވެ. އަދި ތިން ވަނަ ބުރަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާއަށް ހަމަވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް އިތުރަށް ވިދާޅުވީ ޒުވާން ހަތީބުންގެ ފުރަމަ ބުރުގައި 250 ޒުވާން ޚަޠީބުން ތަމްރީންކޮށްފައިވާ ކަމަށާއި ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި އެއްހާސް ޚަޠީބުން ތަމްރީން ކުރުން ކަމަށެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އެންމެ މުހިއްމު އެއް ތަމްރީން ޕްރޮގުރާމުކަމަށްވާ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ 3 ވަނަ ބުރު މިއަހަރުގެ މެއި އަދި ޖޫން މަހުގެ ތެރޭގައި ބޭއްވުމަށް ނިންމާ މި ތަމްރީނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ އޭޕްރިލް މަހުގެ ތެރޭގައި އެވެ.
ޒުވާން ޚަޠީބުން ތަމްރީނުގެ 3 ވަނަ ބުރުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި އުޅޭ ދަރިވަރުންނަށްވެސް ބައިވެރިވެވޭނެއެވެ.
މި ތަމްރީނުގައި ބައިވެރިވެވޭނީ ގުރޭޑު 10،11،12 ގައި ކިޔަވާ ނުވަތަ ކިޔެވުން ނިމި 18 އަހަރު ފުރިފައިނުވާ ފަރާތްތަކަށެވެ. މި ތަމްރީނުގައި ބައިވެރިވުމަށް ހުށައަޅަން ޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ، ސްކޫލުގައި އުޅޭ ނަމަ ސްކޫލުގައި އުޅޭކަމުގެ ލިޔުން އަދި 18 އަހަރު ނުފުރޭނަމަ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަން އަންގައިދޭ ލިޔުމެކެވެ.
މި ތަމްރީނު ފުރިހަމަކޮށް ޚަޠީބުކަމުގެ ސަނަދު ދޫކުރެވޭނީ ޒުވާން ޚަޠީބު އިންޓަވިޔު ނިންމާ، ޓްރެއިނިންގ ސެޝަންތަކުގެ ހުރިހާ ސެޝަންއަކަށް ހާޒިރުވެ ލިޔުމުގެ އިމްތިހާނުންވެސް ފާސްވާ ބައިވެރިންނަށެވެ.
މި ތަމްރީނުގައި މާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ފޭސްޓު-ފޭސްކޮށް ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ރަށްރަށުގައި އަދި ރާއްޖެއިން ބޭރުގައި އުޅޭ ދަރިވަރުންގެ ސެޝަންތައް އޮންނާނީ އޮންލައިންކޮންނެވެ.
ގުޅުންހުރި

މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމަނައިފި

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ތިންވަނަ ބުރަށް ކުރިމަތިލުމުގެ ސުންގަޑި މާދަމާއަށް ހަމަވާނެ

އައިޔޫއެމް ތަރައްޤީ ކުރުމަށް އޯއައިސީގެ ދަށުން ހިންގަމުން އަންނަ ޔުނިވާސީޓީތަކުގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކޮށްފި
