logoEN
Sto top
ފުލުހުންގެ ޓްރެއިނިންގ ހަދަމުން ދިޔަ ފުލުހަކު ހާލު ސީރިއަސްވެގެން ފަަރުވާދެނީ

ފުލުހުންގެ ޓްރެއިނިންގ ހަދަމުން ދިޔަ ފުލުހަކު ހާލު ސީރިއަސްވެގެން ފަަރުވާދެނީ

އަހުމަދު ޝުރާއު

logo

5/4/2025, 4:51:16 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ދ ވާނީގައި ފުލުހުންގެ ޓްރެއިނިންގ ހަދަމުން ދަނިކޮށް ހާލު ދެރަވި ފުލުހަކަށް ފަރުވާދޭން ފަށައިފި އެވެ.

Wamco

ފުލުހުން މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ދ ވާނީގައި ޓްރެއިނިންގ ހަދަމުން ދިޔަ ރެކްރޫޓް އެއްގެ ހާލު ދެރަވެގެން ފަތިހު ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދެވި އަދި މިއަދު މެންދުރު މާލެއަށް އެއާލިފްޓް ކުރެވިފައިވާ ކަމަށެވެ.

އަދި މިހާރު އެފުލުހަށް ފަރުވާ ދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގައި ކަމަށާއި ހާލު ސީރިއަސް ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.

ފުލުހުން އިތުރަށް ބުނީ ހާލު ސީރިއަސްވެގެން ފަރުވާ ދެމުންދާ ފުލުހަކީ ފުލުހުންގެ އިނީޝިއަލް ޓްރެއިނިންގ ކޯހުގައި ޓްރެއިނިންގ ހަދަމުންދިޔަ 34 އަހަރުގެ ރެކްރޫޓެއް ކަމަށެވެ.

ނަމަވެސް ހާލު ދެރަވާން ދިމާވި ސަބަބެއް އަދި މިހާތަނަށް ފުލުހުން ހާމައެއް ނުކުރެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside