logoEN
Sto top
އެމްޑަބްލިއުއެސްސީ ޓަވަރުތަކުގެ ކޮންމެ އެޕާޓްމެންޓަކުން މާދަމާ 30 މިނިޓަށް ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ

އެމްޑަބްލިއުއެސްސީ ޓަވަރުތަކުގެ ކޮންމެ އެޕާޓްމެންޓަކުން މާދަމާ 30 މިނިޓަށް ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ

އަހުމަދު ޝުރާއު

logo

5/3/2025, 5:55:55 PM

# އެޗްޑީސީ

--

ހުޅުމާޅެ ފޭސް 2 އެމްޑަބްލިއުއެސްސީ ޓަވަރުތަކުގެ ކޮންމެ އެޕާޓްމަންޓަކުން މާދަމާ 30 މިނިޓަށް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

Wamco

ސްޓެލްކޯއިން މިއަދު ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެމްޑަބްލިއުއެސްސީ ޓަވަރުތަކުގައޮ އެ ކުންފުނިން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް ވަނީ ތާވަލު ކުރެވިފައިވާ ކަމަށެވެ.

މިގޮތުން އެޓަވަރުތަކުގައި މަސައްކަތް ކުރުމަށްޓަކައި 4 މޭ 2025 ވާ އާދީއްތަ ދުވަހު (މާދަމާ)ގެ ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދު، އެ ޓަވަރުތަކުގެ ކޮންމެ އެޕާޓްމަންޓަކުންވެސް ގާތްގަނޑަކަށް 30 މިނިޓަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައި އެވެ.

އަދި މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް އެކުންފުނިން ވަނީ މާފަށް އެދިފައި އެވެ.

ސްޓެލްކޯއިން ދަނީ އެކުންފުނިން ދެމުންދާ ކަރަންޓުގެ ހިދުމަތް ރަނގަޅުކޮށް ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޕީކް ސީޒަނާއި ދިމާކޮށް ސްޓެލްކޯއިން ހުޅުމާލޭގައި އިތުރު އިންޖީނުތަކެއްވެސް ވަނީ އޮޕަރޭޝަނަށް ތައްޔާރުކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside