logoEN
Sto top
ހުޅުމާލެއަށް 21: ފޮޓޯއާއި ވީޑިއޯ ނެގުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހުޅުމާލެއަށް 21: ފޮޓޯއާއި ވީޑިއޯ ނެގުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

އަހުމަދު ޝުރާއު

logo

4/30/2025, 9:35:34 AM

# އެޗްޑީސީ

--

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފާހަގަކުރުމަށް، ފޮޓޯއާއި ވީޑިއޯ ނެގުމުގެ މުބާރާތެއް ފަށައިފިއެވެ.

Wamco

މި މުބާރާތަކީ ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި އެޗްޑީސީން ފެށި ޚާއްސަ ހަރަކާތްތަކުގެ ތެރެއިން ކުރިޔަށް ގެންދާ މުބާރާތެކެވެ.

އެގޮތުން، މި މުބާރާތުގައި ބައިވެރުވުމަށް ހުޅުމާލޭގެ ރީތިކަމާއި ރަށުތެރޭގެ އާންމު ދިރިއުޅުން ދައްކުވައިދޭ ފޮޓޯއެއް ނުވަތަ ކުރު (އެއް މިނެޓަށްވުރެ ދިގު ނޫން) ވީޑިއޯކޮޅެއް ހުށަހަޅަންޖެހޭނެއެވެ. ފޮޓޯ ނުވަތަ ވީޑިއޯ އެފަރާތެއްގެ (ޕަބްލިކް) ސޯޝަލް މީޑިއާއަށް އަޕްލޯޑް ކުރާއިރު، @hdcmaldives އަދި @myhulhumalemv ޓެގް ކުރުމުގެ އިތުރުން #LifeinHML ހޭޝްޓެގް ބޭނުންކުރަންވާނެއެވެ. މި މުބާރާތަށް ފޮޓޯއާއި ވީޑިއޯ ހުށަހެޅުމުގެ ސުންގަޑިއަކީ 08 މެއި 2025 އެވެ.

ވަނަތަކަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމު ލިބޭގޮތަށް ކުރިއަށްގެންދާ މި މުބާރާތުގައި ވަނަ ހޮވާނީ ފޮޓޯއާއި ވީޑިއޯތައް ވަކިންނެވެ. އެގޮތުން، މި މުބާރާތުން އެއްވަނައަށްދާ ވީޑިއޯ އަކަށް 8،000ރ. ދެވަނައަށް 5،000ރ. އަދި ތިންވަނައަށް 3،000ރ. ގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ މޮޅު ފޮޓޯ ނަގާ ފަރާތަކަށް 5،000ރ. ދެވަނައަށްދާ ފަރާތަކަށް 3،000ރ. އަދި ތިންވަނައަށް 2،000ރ. ގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަންނަ މެއި މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން، ހަފްތާއަކަށް ދިގުދެމިގެންދާ ގޮތަށް ކުރިއަށްގެންދާ މި ފެސްޓިވަލްގެ ހަރަކާތްތައް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި އޮންނާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside