
އަންހެނުން މަސްވެރިކަމުގެ ދާއިރާގައި ބާރުވެރިކުރުވުމަށް މަޝްވަރާކޮށްފި
# ފިޝަރީޒް މިނިސްޓްރީ# އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ--
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި ބައްދަލުކުރައްވައިފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގައި މިއަދު އޮތް ބައްދަލުވުމާއި ގުޅޭގޮތުން އެވުޒާރާއިން ބުނީ މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގައި އަންހެނުން މަސްވެރިކަމުގެ ދާއިރާގައި ބާރުވެރިކުރުމަށާއި، މިދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.
އަދި ދިވެހިންގެ ލޭނާރު ކަމަށްވާ މަސްވެރިކަމުގެ ދާއިރާއިން އަންހެނުން ބިނާކޮށް އެ ދާއިރާގައި އަންހެނުން އަމަލީ ގޮތުން ހަރަކާތްތެރިވުމަކީ، މާލީ ގޮތުން ފުދުންތެރި އަންހެނުން ބިނާކޮށް، އަންހެނުން ބާރުވެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާނެ އިތުރު ބާރަކަށް ވެގެންދާނެ ކަމަށް އެވުޒާރާއިން ބުނެއެވެ.
އެވުޒާރާއިން އިތުރުަށް ބުނީ ރާއްޖޭގެ އާބާދީގެ ދެބައިކުޅެ އެއްބަޔަކީ އަންހެނުން ކަމުގައިވާއިރު، މުޖުތަމަޢުގައި އަންހެނުންނަކީ އިޤުތިޞާދީ ގޮތުން ބާރުވެރި ބަޔަކަށް ހެދުމަށް ސަރުކާރުން ޙާއްސަ އިސްކަމެއްދެއްވައިގެން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.
ގުޅުންހުރި

މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ސައުދީއާއި އެކު މަޝްވަރާކޮށްފި

50 ދޯންޏަކަށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

ސްޕޯޓްސް ފިޝިންއަށް ހާއްސަ ބަނދަރުތައް ގާއިމްކުރުމަށް ބިޑަށް ހުޅުވާލުމަށް ދަނީ ތައްޔާރުވަމުން - ޝިޔާމް
