
--
މާލެ ސަރަހައްދުގެ އިންޑަސްޓްރިއަލް ރަށް ކަމަށްވާ ކ ތިލަފުށީގައި ކްލިނިކެއް ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

އެރަށް މެނޭޖްކުރާ އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ މި މަޝްރޫޢުގެ ދަށުން ކްލިނިކް ހިންގުމަށް ކަނޑައަޅާފައިވަނީ 669.30 އަކަފޫޓުގެ ބޮޑުމިނުގެ ޓީއެލްސީ-ޖީ-01 ނަންބަރު ޔުނިޓު ކަމަށެވެ.
ކްލިނިކުން އާންމު ބަލިތަކަށް ފަރުވާ ދިނުމުގެ ހިދުމަތް ދޭން ޖެހޭއިރު، އެމަޖެންސީ ފަރުވާ އާއި ވެކްސިން ޖެހުމާއި ކުދި އަނިޔާތަކަށް ފަރުވާ ކުރެވޭނެ އިންތިޒާމާ އަދި ޓެސްޓުތައް ހެދޭނެ ގޮތް ފަހިކޮށްދޭން ޖެހެ އެވެ. އޭގެ އިތުރުން ފާމަސީއަކުން ބޭސް ދޫކުރަން ވެސް ޖެހެ އެވެ. ކްލިނިކް ތަރައްގީ ކުރަން ގާތްގަނޑަކަށް 435،045 ރުފިޔާ ހޭދަވާނެ ކަމަށް އެޗްޑީސީން ލަފާކުރެ އެވެ.
އެޗްޑީސީން ބުނީ މި ޔުނިޓް ކުއްޔަށް ދޫކުރުމަށް ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ 2025 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށް ކަމަށެވެ. އަދި ޕްރޮޕޯސަލްއާއެކު ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.
މި މަޝްރޫޢާ ގުޅޭ ޕްރީ-ޕްރޮޕޯސަލް ބައްދަލުވުން އޮންނާނީ 2025 ވަނަ އަހަރުގެ މެއި މަހުގެ 4 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގައި ޒޫމް މެދުވެރިކޮށެވެ. މަޝްރޫޢާ ގުޅޭ ސުވާލުތައް ހުށަހެޅުމުގެ ސުންގަޑިއަކީ މެއި މަހުގެ 7 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ކަމަށްވާއިރު ސުވާލުތަކަށް ޖަވާބު ދިނުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 12 ވަނަ ދުވަހު އެވެ.
ޕްރޮޕޯސަލްތައް ހުށަހަޅަންޖެހޭނީ އެޗްޑީސީ ބިލްޑިންގގެ ގްރައުންޑް ފްލޯގައި ހުންނަ އެގްޒިބިޝަން ސެންޓަރަށެވެ. އަދި ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ ހަމަ އެދުވަހު މެންދުރުފަހު 2:00 ގައި އެތަނުގައެވެ.
ގުޅުންހުރި

ހުޅުމާލެއަށް 21: އާއިލީ ކާނިމަލް އަންނަ ހޮނިހިރު ދުވަހުގެ ހަވީރު!

ހުޅުމާލެއަށް 21: މަސް ރޭހުގައި ބައިވެރިވުމަށް ހުޅުވާލައިފި

އެމްޑަބްލިއުއެސްސީ ޓަވަރުތަކުގެ ކޮންމެ އެޕާޓްމެންޓަކުން މާދަމާ 30 މިނިޓަށް ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ
