logoEN
Sto top
އައު ލައިސެންސް ޓްރެކާއި އެކު ހިމަންދޫގައި "އޭ" ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް ދޫކުރުމުގެ ހިދުމަތް ފަށައިފި

އައު ލައިސެންސް ޓްރެކާއި އެކު ހިމަންދޫގައި "އޭ" ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް ދޫކުރުމުގެ ހިދުމަތް ފަށައިފި

އަހުމަދު ޝުރާއު

logo

4/28/2025, 5:09:05 PM

# ޓްރާންސްޕޯޓް މިނިސްޓްރީ

--

އއ ހިމަންދޫގައި އަލަށް ތަރައްޤީކުރި ލައިސެންސް ޓްރެކް ރަސްމީކޮށް ހުޅުވައިފި އެވެ.

Wamco

ހިމަންދޫ ލައިސެންސް ޓްރެކު ރަސްމީކޮށް ހުޅުވާފައިވަނީ މިމަހުގެ 27 ވަނަ ދުވަހު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ. އެގޮތުން އެރަށު ކައުންސިލުން ޤާއިމްކޮށްފައިވާ ލައިސަންސް ޓްރެކް ހުޅުވައިދެއްވީ ކައުންސިލްގެ ރައީސް ހުޝާމް އިސްމާޢީލް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ މުޙައްމަދު ނިޔާޒްއެވެ.

އައު ލައިސެންސް ޓްރެކާއި އެކު އެރަށުގައި އޭ ކެޓަގަރީ ޑްރައިވިންގ ލައިސެންސް ދޫކުރަން މިހާރު ވަނީ ފަށާފައި އެވެ. އަދި އެ ހިދުމަތް ފެށުމަށް ކައުންސިލާއި ޓްރާންސްޕޯޓު މިނިސްޓްރާެއި ދެމެދު ވަނީ ޚާއްސަ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މި އައު ޓްރެކް ހުޅުވުމާއެކު، އެ ސަރަޙައްދުގެ ރައްޔިތުންނަށް ލައިސަންސް ހޯދުމަށްޓަކައި ކައިރި އެހެން ރަށްރަށް އަދި މާލެ އައުމުގެ ބުރަ ލުއިވެގެންދާނެއެވެ. އަދި މިއީ ސަރުކާރުން ލާމަރުކަޒީ އުސޫލުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސައްކަތެއް ކަމަށްވެސް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ބުނެފައި އެވެ.

ހިމަންދޫ އިތުރުންވެސް ބައެއް ރަށްތަކުގައި މިހާރު ވަނީ ޑްރައިވިންގ ލައިސަންސް ޓްރެކްތައް ގާއިމްކޮށް ލައިސެންސް ދޫކުރުމުގެ ހިދުމަތްތައް ސަރުކާރުން ކައުންސިލްތަކާއި ހަވާލުކޮށްގެން ފަށާފައި އެވެ. އެގޮތުން ދާދި ފަހުން ގއ ދާންދޫއާއި ތ ހިރިލަންދޫގައި ވެސް ވަނީ މި ހިދުމަތް ފަށާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside