
--
ރާއްޖެއާއި މެލޭޝިއާއާއި ދެމެދު ޚާއްސަ އެއްބަސްވުންތަކެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ މިހާރު ރައީސް ޑރ މުހައްމަދު މުއިއްޒު އެގައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒު އިއްޔެ މެލޭޝިއާއަށް ފެއްޓެވި ދަތުރުފުޅުގެ ރަސްމީ ބައިތައް ފެށުނީ މިއަދު ހެނދުނު އެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ހެނދުނު ރައީސްއަށް ރަސްމީކޮށް އެގައުމުން މަރުހަބާ ދެންނެވި އިރު އެދެބޭފުޅުންގެ ހާޒިރުގައި ޖުމުލަ ހަތަރު ދާއިރާއިން ދެގައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމުގެ 5 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި އެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ސިއްހީ ދާއިރާ އިން އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްމަކާއި ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުމަކާއި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމަކާއި ޑިޕްލޮމެޓުން ތަމްރީން ކުރުމާ ގުޅޭ އެއްބަސްވުމެއްގެ އިތުރުން ބައިލެޓްރަލް ކޮންސަލްޓޭޝަންއާ ގުޅޭ އެއްބަސްވުމެކެވެ.
ސިއްހީ ދާއިރާ އިން އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުމުގައި އާއި ކުޅިވަރާއި ބެހޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ހަލީލު އެވެ. އަދި ފަތުރުވެރިކަމާއި ގުޅޭ އެއްބަސްވުމާއި ހާރިޖީ ގުޅުންތަކާއި ގުޅޭ ދެ އެއްބަސްވުމުގައި ސޮއިކުރެއްވީ ލޭޝިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރްޔަމް ޝަބީނާ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މެލޭޝިއާ ސަރުކާރުން ރަސްމީ ގޮތުން މަރްޙަބާ ދެންނެވީ މިއަދު ހެނދުން މެލޭޝިއާގެ ޕުޓުރާޖާޔާގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި އެވެ. ރައީސް މެލޭޝިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އެގައުމުގެ ބޮޑުވަޒީރު އަންވަރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ގުޅުންހުރި

ރާއްޖެ އާއި މެލޭޝިއާގެ ސަންވޭ ގްރޫޕާ ދެމެދު ގުޅުން ބަދަހިކުރެވިދާނެ ދާއިރާތައް ދެނެގަތުމަށް މަޝްވަރާކޮށްފި

ޒަމާނީ އަދި ފިކުރީ ނަހަޟާއެއްގެ ހުޅުކޮޅު ރޯކުރެވޭނީ ޒުވާނުންގެ ބައިވެރިވުމާއެކުގައި - ރައީސް

މެލޭޝިޔާގެ އައި.އައި.ޔޫ.އެމް އިން ރައީސް މުއިއްޒުއަށް އޮނޮރަރީ ޑޮކްޓަރޭޓްކަން އަރުވައިފި
