
-
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން ވިއްކާ މަސްދަޅުގެ އަގު ބޮޑުކޮށްފި އެވެ.

މިކަމާއި ގުޅިގެން މިއަދު މިފްކޯއިން ނެރުނު ބަޔާނުގައި ވިދާޅުވީ، މި ބަދަލު ގެންނަން ޖެހުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ޚަރަދު މައްޗަށް ދިއުމާ ގުޅިގެން ކަމަށެވެ.
މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި މާރިޗު މަހުގެ ކުރިން 11.57ރ. އަށް ލީޓަރެއް ލިބެމުން ދިޔަ ތެޔޮ މިހާރު މިފްކޯއަށް ލިބެނީ 14.32ރ. އަށެވެ.
މިއަދުން ފެށިގެން ގެނައި މި ބަދަލާއެކު، ތެޔޮ މަސްދަޅެއް ވިއްކުމަށް ހަމަޖެހިފައިވަނީ 18 ރުފިޔާ 50 ލާރިއަށް ކަމަށް މިފްކޯ އިން ވަނީ ބުނެފައެވެ. ކުރިން މަސްދަޅު ވިއްކަމުން އައިސްފައިވަނީ، 17 ރުފިޔާ 50 ލާރި އަށެވެ. މި ބަދަލާއެކު، ތެޔޮ މަސްދަޅު ކޭހެއް ވިއްކުމަށް ހަމަޖެހިފައިވަނީ 800ރ. އަށެވެ.
މިފްކޯއިން ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސޯދަށް އަންނަ ހީނަރުކަމާއެކު ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން އުފެއްދުންތެރިކަމުގެ ހަރަދު ބޮޑުވެފައިވީ ނަމަވެސް ކުންފުނިން ފިޔަވަޅުތައް އަޅަމުންދާނީ ރައްޔިތުންނަށް އޭގެ އަސަރު އެންމެ ކުޑަވާނެ ގޮތަކަށް ކަމަށެވެ.
ގުޅުންހުރި

އޮޕަރޭޝަން ކުރަނގި: 98 އިންސައްތަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނަގައިފި

ކުރީގެ މެންބަރު ރާމިޒް އަވަހާރަވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ

ތެލެސީމިއާ ދުވަސް ހަނދާންކޮށްދީ، ދަސްކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް - ރައީސް




