logoEN
Sto top
ރާއްޖެއާއި މެލޭޝިއާއި ދެމެދު ފަތުރުވެރިކަމާއި ކުޅިވަރާއި ސިއްހީ ދާއިރާއާއި ގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކުރަނީ

ރާއްޖެއާއި މެލޭޝިއާއި ދެމެދު ފަތުރުވެރިކަމާއި ކުޅިވަރާއި ސިއްހީ ދާއިރާއާއި ގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކުރަނީ

އަހުމަދު ޝުރާއު

logo

4/27/2025, 9:59:10 AM

# ރާއްޖެ - މެލޭޝިއާ# ރައީސް މުއިއްޒު

--

ރާއްޖެއާއި މެލޭޝިއާއި ދެމެދު ތިން ދާއިރާއަކުން އެއްބާރުލުން ދިނުމަށް އެއްބަސްވުންތަކެއްގައި ސޮއިކުރާނެ ކަމަށް މެލޭޝިއާ ސަރުކާރުން ބުނެފި އެވެ.

Wamco

މެލޭޝިއާގެ ފޮރިން މިނިސްޓްރީ، ވިސާމާ ޕުޓްރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ރައީސް ޑރ މުހައްމަދު މުއިއްޒު އެގައުމަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މުހިންމު ތިން އެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކުޅިވަރު ކުރިއެރުވުމާއި ސިއްހީ ދާއިރާއަށް އެއްބާރުލުން ދިނުމުގެ އިތުރުން ފަތުރުވެރިކަން ކުރިއެރުވުމުގެ އެއްބަސްވުންތަކެއް ކަމަށް މެލޭޝިއާގެ ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ޑިޕްލޮމެޓިކް ގުޅުންތަކާއި ބައިލޭޓްރަލް ގުޅުންތަކާއި ބެހޭ މުހިންމު ދެ އެކްސްޗޭންޖް ނޯޓިސްތަކެއްގައި ވެސް ދެގައުމުގެ ދެމެދު ސޮއިކުރުމަށް ވަނީ ނިންމާފައި އެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދާދި ދެންމެ އަކު ވަނީ މެލޭޝިއާއަށް ވަޑައިގެންފައި އެވެ. ނަމަވެސް މެލޭޝިއާއިން ރައީސް މުއިއްޒުއަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮތީ މާދަމާ އެވެ.

ދިވެހި ސަރުކާރުން ބުނާގޮތުގައި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އާއި މެލޭޝިއާގެ ބޮޑުވަޒީރު ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި، އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކާމެދު ޚިޔާލުބަދަލުކުރައްވައި، ދެ ޤައުމުގެ ބައިވެރިވުން އިތުރުކުރެއްވޭނޭ އިތުރު މަގުތައް ހޯއްދެވުމާމެދު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މި ދަތުރުފުޅުގައި، އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވައި، މެލޭޝިއާގެ އިސް ވުނޭރުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ (އައި.އައި.ޔޫ.އެމް) އަށް ޒިޔާރަތްކުރައްވައި އެ ޔުނިވަރސިޓީގައި އެ މަނިކުފާނު ތަޤުރީރު ކުރައްވާނެއެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ޙާލަތު އޮޅުންފިލުއްވައި، އެމީހުންގެ މަސްލަޙަތުތައް ދެނެގަތުމަކީ ރައީސުލްޖުމްހޫރިއްތާ ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމެކެވެ. އެގޮތުން މިދަތުރުފުޅުގައި، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި އެމީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކެއް ހޯއްދަވައިދެއްވުމަށާއި، އެ ފަރާތްތަކަށް އެއްބާރުލުން ދެއްވޭނޭ ގޮތްތައް ހޯއްދެވުމާމެދު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside