logoEN
Sto top
ރައީސްގެ ވަރުގަދަ އިންޒާރެެއް: ގާނޫނު ތަންފީޒުކުރުމުގައި ކުރުމުގައި ތަފާތު ކުރުމެއް ނޯންނާނެ!

ރައީސްގެ ވަރުގަދަ އިންޒާރެެއް: ގާނޫނު ތަންފީޒުކުރުމުގައި ކުރުމުގައި ތަފާތު ކުރުމެއް ނޯންނާނެ!

އަހުމަދު ޝުރާއު

logo

4/24/2025, 11:22:55 AM

# ރައީސް މުއިއްޒު

-

ގާނޫނުތައް ތަންފީޒުކުރުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Wamco

21 އަހަރުގެ އަންހެނަކު މިދިޔަ ހުކުރު ދުވަހު އިމާރާތަކުން ވެއްޓުނު ހާދިސާގައި ނުފޫޒުގަދަ ބަޔެއްގެ ދަރިން އެކަމުގައި ޝާމިލުވާކަމަށް ބުނެ އެމައްސަލަ ފުލުހުންނާއި ސަރުކާރުން "އޮއްބާލަން" މަސައްކަތް ކުރާކަމުގެ ތުހުމަތު ވަނީ ކޮށްފައި އެވެ.

މިއާއި އެކު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ގާނޫނުއަސާސީ އާއި ގާނޫނުތައް ތަންފީޒުކުރުމުގައި، ގާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) މި ގައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރައްވާ ކަމަށެވެ. އަދި ނުވެސް ކުރައްވާނެ ކަމަށެވެ.

"އެ މީހެއްގެ ހަސަބަކަށް، ނަސަބަކަށް، މަގާމަކަށް، މުއްސަނދިކަަމަކަށް، ރަޙްމަތްތެރިކަމަކަށް، އާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް، އަދި އެ ނޫންވެސް ކަމަކަށް ބަލާ، މިކަމުގައި ކުރާނެ ތަފާތު ކުރުމެއް ނުއޮންނާނެ."ރައީސް ވިދާޅުވިއެެވެ.

މައްސަލަ ހޫނުވެފައި ވަނިކޮށް މިއަދު ފުލުހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި މިކަމުގެ ހަގީގަތް ހާމަކޮށްފައި އެވެ. އަދި މި މައްސަލައާއި ގުޅޭ 9 މީހުންގެ ވަނަވަރު ވަނީ ހާމަކޮށްފައި އެވެ. ވަނަވަރު ހާމަކުރި މީހުންގެ ތެރޭގައި ރައީސް އޮފީހުގެ މަގާމަކުން މިއަދު ވަކިކުރި މީހަކުވެސް ހިމެނެއެވެ. އަދި ސަރުކާރުގެ ވަޒީރެއްގެ އާއިލީ ބައެއް ފަރާތްތަކާއި ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރި ބައެއް އިއްޒަތްތެރީންގެ ދަރިންވެސް ހިމެނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside