logoEN
Sto top
ދުރު ރާސްތާގެ ތަޞައްވުރަކީ ޒުވާނުންގެ ފުރިހަމަ ބައިވެރިވުމާއެކު ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށްވުން - ރައީސް

ދުރު ރާސްތާގެ ތަޞައްވުރަކީ ޒުވާނުންގެ ފުރިހަމަ ބައިވެރިވުމާއެކު ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށްވުން - ރައީސް

އަހުމަދު ޝުރާއު

logo

4/23/2025, 6:04:16 AM

# ރައީސް މުއިއްޒު

-

ޒުވާނުންގެ ފުރިހަމަ ބައިވެރިވުމާއެކު ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށްވުމީ އެމަނިކުފާނުގެ ދުރު ރާސްތާގެ ތަޞައްވުރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Wamco

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދިވެހި ޒުވާނުންގެ އާބާދީއަށް ޚާއްޞަ ކުރައްވައިގެން، މީސް މީޑިއާގައި މިއަދު އާންމުކުރެއްވި ސިލްސިލާ ޕޮޑްކާސްޓް "ސްޕޮޓް އޮން"ގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް، ތިން ބައިކުޅަ އެއްބައި ޙިއްޞާކުރާ ޒުވާނުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާ ބެހޭގޮތުން އެމަނިކުފާނާ ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޒުވާން ޖީލަށް އުންމީދު އައުކޮށްދެނިވި ގިނަ ވާހަކަފުޅުތަކެއް ޙިއްޞާކުރައްވާފައެވެ. އެގޮތުން، ޒުވާނުންނަށްޓަކައި ކުރިމަގަށް ކުރެއްވޭ އެންމެ ބޮޑު އުންމީދަކީ، ޑިޖިޓަލް އިޤްތިޞާދެއްގެ ގޮތުގައި ރާއްޖެ ކުރިއަރާ ދާއިރު، އެކަމުގައި ޒުވާނުންގެ ފަންނުވެރިކަމުގެ ފުރިހަމަ ޙިއްޞާވެސް އޮތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މިހާރުވެސް ޒުވާނުން އެދާއިރާގައި އަދާކުރާ ދައުރު ބޮޑު ކަމަށާއި، ނަމަވެސް ހުރިހާ ގޮތަކުންވެސް މިކަމުގެ އެންމެ ކުރީގައި ޒުވާނުން ތިބުމަކީ އެމަނިކުފާނު އެދިވަޑައިގަންނަނަވާ ގޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ކުރިއަރާ ދާއިރު، ދިވެހި ކޮންމެ ޒުވާނަކީ، ދިވެހިވަންތަ، ފަޚްރުވެރި، އަދި އިސްލާމް ދީނަށް ލޯބިކުރާ މީހެއްގެ ގޮތުގައި ކުރިއަރާ ދިއުމަށްވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

"ސްޕޮޓް އޮން" ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުގެ ފަރާތުން ޒުވާނުން އެންމެ އުންމީދުކުރާ ކަމަކީ ކޮބައިތޯ، ސުވާލުކުރައްވާފައެވެ. އަދި ޒުވާނުން ފާހަގަކުރެއްވި ކަންކަމަށް، އެ މަނިކުފާނުގެ ސަރުކާރުން ހޯއްދަވައިދެއްވާ ޙައްލުތަކުގެ ވާހަކަ، އެ މަނިކުފާނު ވަނީ ޙިއްޞާކުރައްވާފައެވެ. އަދި އެ މަނިކުފާނަކީ ދެއްކުންތެރިކަމުގެ ނިޔަތުގައި އެއްޗެއް ވިދާޅުވާނެ ބޭފުޅެއް ނޫންކަމުގައި ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާވަނީ، ޒުވާނުންނަށް ކޮށްދެއްވާނެކަމަށް ވިދާޅުވި ކަންކަން ކޮށްދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ޒުވާނުންނަށް ޚާއްޞަކުރައްވައިގެން ކުރިއަށްގެންދެވި "ސްޕޮޓް އޮން" ޕޮޑްކާސްޓްގެ ފުރަތަމަ ޕްރޮގްރާމްގައި، ޒުވާނުންގެ ފަރާތުން 5 ސުވާލެއް އެމަނިކުފާނާ ވަނީ ކުރިމަތިކުރައްވާފައެވެ. އެ ސުވާލުތަކަށް ސާބިތުކަމާއެކު ޖަވާބުދެއްވިއިރު، އަދުގެ ޒުވާން ޖީލުގެ ބަސްމަގާއި ވާހަކަދެއްކުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކަށް ރައީސުލްޖުމްހޫރިއްޔާ ފަރިތަވެވަޑައިގެންފައިވާ މިންވަރު ވަޒަންކޮށްލުމުގެ ގޮތުން، ލުއި ސެގްމަންޓްތަކެއްވެސް މި ޕޮޑްކާސްޓުގައި ހިމަނުއްވާފައިވެއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ހަޔާތްޕުޅުން އެންމެ ޒުވާން ދުވަސްވަރުގެ ގިނަ ހަނދާންތަކަކާއި ތަޖުރިބާތަކެއްވެސް މި ޕޮޑްކާސްޓްގައި އެ މަނިކުފާނު ވަނީ ޙިއްޞާ ކުރައްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside