
އުމުރުން 21 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ފުރާޅެއްގެ މައްޗަށް ވެއްޓުނު މައްސަލައާއިއެކު ފެންމަތިވި ކަންކަމުގެ ތެރޭގައި ގިނަ ބަޔެއްގެ ނުރުހުން އަމާޒުވެފައިވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު މަގާމުން ސަސްޕެންޑުކޮށް ހަމަ އެމައްސަލާގައި ސީރިސިއަށް ތުހުމަތުތަކެއް ކުރެވޭ ރައިސް އޮފީހުގެ އިތުރު މުވައްޒަފަކު މަގާމުން ވަކިކޮށްފި އެވެ.

މިކަން ހާމަކުރައްވައި މިއަދު ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު، މުސާރަ ނުލިބޭ ގޮތަށް މިއަދުން ފެށިގެން އެ މަގާމުން ސަސްޕެންޑް ކޮށްފައިވާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުޙައްމަދު މައުމޫން، އެ މަގާމުން މިއަދު ވަކިކުރައްވާފައިވާ ކަމަށެވެ.
އަންހެން ކުއްޖާ ވެއްޓުނު މައްސަލާގައި ދާވޫދުގެ ކޮއްކޮ ރައުދު އަލީ ޒިލާލަށް ބޮޑެތި ތުހުމަތަކެއް ކުރަމުންދަނިކޮށް ދާވޫދޫ އާއި ގުޅޭ ގިނަ މައްސަލަތަކެއްވެސް މީޑިއާގައި ވަނީ ފެންމަތިވެފައި އެވެ. އެގޮތުން ބަނގުރަލާއި އެކު ދާވޫދު ފެންނަ ފޮޓޯތަކެއްވެސް މީސް މީޑިއާގައި ވަނީ އާންމުވެފައި އެވެ.
މިއަދު މަގާމުން ވަކިކުރި އިޒްދިޔާން މުޙައްމަދު މައުމޫން އަކީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ ކޮއްކޮއެކެވެ. އިޒްދިޔާން މުޙައްމަދު މައުމޫން މަގާމުން ވަކިކޮށްފައިމިވަނީ އަންހެން ކުއްޖާ ވެއްޓުނު ހާދިސާ ހިނގި ރޭ އިޒްދިޔާންގެ ގޭގައި މަސްތުވާތަކެއްޗާއިއެކު "ޕާޓީއެއް" ބޭއްވި ކަމުގެ ތުހުމަތުތަކެއް ކުރެވެމުންދަނިކޮށެވެ.
ގުޅުންހުރި

ދާވޫދު ރައީސް އޮފީހުން ސަސްޕެންޑުކޮށް އިޒްދިޔާން މަގާމުން ވަކިކޮށްފި

ދާއޫދު އިސްތިއުފާ ހުށަޙެޅުމުން ޔޫތު އެޑްވައިޒަރީ ބޯޑުން ވަކިކޮށްފި

ކުންފުނިތަކުގެ ވެރިންނާއިއެކު އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރުމަށް ކެބިނެޓުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި
