
-
"ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު އިސްތިއުފާ ދީފި އެވެ.

ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ދާދި އެންމެ އަކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު، އެ ކޮމިޓީއިން އިސްތިޢުފާ ދެއްވުމަށް ހުށަހެޅުއްވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޓީއިން މިއަދު އޭނާ ވަކިކުރައްވާފައިވާ ކަމަށެވެ.
އަންހެން ކުއްޖާ ވެއްޓުނު މައްސަލާގައި ދާވޫދުގެ ކޮއްކޮ ރައުދު އަލީ ޒިލާލަށް ބޮޑެތި ތުހުމަތަކެއް ކުރަމުންދަނިކޮށް ދާވޫދޫ އާއި ގުޅޭ ގިނަ މައްސަލަތަކެއްވެސް މީޑިއާގައި ވަނީ ފެންމަތިވެފައި އެވެ. އެގޮތުން ބަނގުރަލާއި އެކު ދާވޫދު ފެންނަ ފޮޓޯތަކެއްވެސް މީސް މީޑިއާގައި ވަނީ އާންމުވެފައި އެވެ.
ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ ރައީސް އުފެއްދެވީ މިދިޔަ އަހަރުގެ އޮގަސްޓު މަހުއެވެ. ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ މަޤުޞަދަކީ، ސަރުކާރުގެ މެނިފެސްޓޯއާއި، މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި، ޒުވާނުންގެ ޚިޔާލާ މަޝްވަރާ ހޯދައި، މިފަދަ ކަންކަމުގައި ކުރިއަށްދާންވީ ގޮތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމާއި، ތަފާތު އެކި ދާއިރާތަކުގައި ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ޤައުމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި، ޙައްލު ހޯދުމަށް، މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމެވެ.
ގުޅުންހުރި

ދާވޫދު ރައީސް އޮފީހުން ސަސްޕެންޑުކޮށް އިޒްދިޔާން މަގާމުން ވަކިކޮށްފި

ދާއޫދު އިސްތިއުފާ ހުށަޙެޅުމުން ޔޫތު އެޑްވައިޒަރީ ބޯޑުން ވަކިކޮށްފި

ކުންފުނިތަކުގެ ވެރިންނާއިއެކު އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރުމަށް ކެބިނެޓުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި
