
އަމީން-
މިދިޔަ ހުކުރު ދުވަހު ހެނދުނު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮތްވާ ފެނުނު ޒުވާން އަންހެންކުއްޖާގެ މައްސަލައާއި ގުޅިގެން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންއަށް ކުރަމުންދާ ތުހުމަތުތައް އޭނާ ދޮގުކުރައްވައިފި އެވެ.

އުމުރުން 21 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އެވެ. އެވުޒާރާ އިމާރާތެއްގެ މަތިން ވެއްޓުމުގެ ކުރިން އަމީން ދިރިއުޅުއްވާ ގޭގައި އިތުރު ބަޔަކާއި އެކު ތިބިކަން ވަނީ ފެންމަތިވެފައި އެވެ. އަދި މި ހާދިސާއާއި އަމީންގެ އާއިލާއާއި ގުޅުމެއް އޮތް ކަންވެސް ވަނީ އެނގިފައި އެވެ. މިއާއި އެކު މި މައްސަލައަށް އަމީން ނުފޫޒުފޮރުވަމުންދާކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އަމީން އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ.
ތުހުމަތުތައް ފެންތިވިތާ 4 ދުވަސްފަހުން މިރޭ އެކްސްގައި އަމީން ވަނީ މި ކަމާއި ގުޅިގެން ތަފްސީލްތަކެއް ހިއްސާކޮށްފައި އެވެ.އެގޮތުން އަމީން ވިދާޅުވީ އޭނާ ދިރިއުޅޭ އިމާރާތުގައި މި މަހުގެ 18 ވަަނަ ދުވަހުގެ ރޭ އެއްވުމެއް އޮތް ކަމަށާއި އެއިމާރާތަކީ އޭނާ އާއި އޭނާގެ އެއްބަނޑު އެއްބަފާ ތިން ބެއިންގެ ގެކަމަށެވެ. އަދި އެރޭ އެ އިމާރާތުގައި ހިނގި ކަންކަމަކީ އޭނާގެ އަމިއްލަ އެޕާޓްމެންޓުގައި ހިނގި ކަންކަންތަކެއް ނޫން ކަމަށާއި އެހެން ކަމުން އެއީ އޭނާގެ އެއްވެސް ބައިވެރިވުމެއް އޮތް ކަންތައްތަކެއް ނޫންކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ އެރޭ ހިނގި ކަންކަމުގެ ތަފްސީލް އޭނާއަށް ލިބުނީ އޭގެ އަނެއް ދުވަހުކަމަށާއި އެމައްސަލައާއި ގުޅިގެން އޭނާގެ ދެ ކޮއްކޮއަކާއި ފުލުހުން ސުވާލުކޮށްފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.
ތަހުގީގީ އެއްވެސް އިދާރާއެއްގެ މެންޑޭޓް އޮތް މިނިސްޓްރީއެއް ހިންގަވާ ބޭފުޅެއް ނޫން ކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ އެ މައްސަލައިގެ އެއްވެސް މައުލޫމާތެއް ހޯދުމަށް ތަހުގީގީ އެއްވެސް އިދާރާއަކަށް ނުފޫޒު ފޯރުވުމަށް އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އަދި ސަރުކާރުގެ އެއްވެސް ވެރިއަކަށް އެ މައްސަލާގައި ގުޅާފައި ވެސް ނުވާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކުގެ އެއްވެސް ހަގީގަތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
ގުޅުންހުރި

މިނިސްޓަރ އަމީން ރަސްމީ ދަތުރުފުޅެއްގައި ތުރުކީއަށް!

ގޭގައި ހިނގި ކަންކަމާ ގުޅުމެއް ނެތް، ނުފޫޒެއް ނުފޯރުވަން - އަމީން

ގިނައީ އެއާއެމްބިއުލާންސް ސީޕްލޭން ބޭނުންނުކުރާ ދުވަސްަތައް, އާންމު ދަތުރުތަކަށް ހުއްދަ ދިނީ ހިދުމަތަށް ބުރޫ ނަރާ ނިޒާމެއްގެ ދަށުން!





