logoEN
Sto top
މިރޭ ސަލްމާން މިސްކިތުގައި އިމާމުވެ މަޢްރިބާއި ޢިޝާ ނަމާދު ކުރައްވާނީ މަސްޖިދުލް ނަބަވީގެ އިމާމު!

މިރޭ ސަލްމާން މިސްކިތުގައި އިމާމުވެ މަޢްރިބާއި ޢިޝާ ނަމާދު ކުރައްވާނީ މަސްޖިދުލް ނަބަވީގެ އިމާމު!

އަހުމަދު ޝުރާއު

logo

4/23/2025, 6:14:03 AM

# އިސްލާމިކް މިނިސްޓްރީ

--

މިރޭ މާލޭގެ ސަލްމާނު މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރައްވާނީ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރުއެވެ.

Wamco

މިއީ އެމަނިކުފާނު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިމާމުވެ ނަމާދު ކުރައްވާ ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން މާދަމާ ރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ ޢިޝާ ނަމާދު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، ޢިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ޚާއްސަ ދަރުހެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރަސްމީ ދަތުރުފުޅެއްގައި ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހު އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަހްސިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެރުވި ދައުވަތުގައި ކުރައްވަވާ ދަތުރުފުޅެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside