
ނޫސްވެރިކަމުގެ ދާއިޜާގެ ބަހަވީ ކަންކަން ކުރިއެރުވުމަށް މަޝްވަރާކޮށްފި
# ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާ-
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ދިޔައީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި މިދިޔަ އާދީއްތަ ދުވަހު އެވެ.
މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެކޮމިޝަންގެ ރައީސް ޞަފާ ޝަފީޤާއި، ނައިބު ރައީސް ޝިފްލާ އިބްރާހީމްގެ އިތުރަށް ކޮމިޝަންގެ މެންބަރުންނާއި އެކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްއެވެ.
މި ބައްދަލުކުރެއްވުމުގައި މި ވުޒާއާއި އެކޮމިޝަނާ ގުޅިގެން ދިވެހި ނޫސްވެރިކަމުގެ ދާއިޜާގެ ބަހަވީ ކަންކަން ކުރިއެރުވުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައި އެވެ.
މީގެ އިތުރަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ މަސައްކަތް މީޑިޔާ މެދުވެރިކޮށް އިތުރަށް ފުޅާކުރުމަށް މަޝްވަރާކޮށްފައިވެއެވެ.
ގުޅުންހުރި
-1755669234499.webp&w=3840&q=75)
ޠަބީޢީ ތަރިކައާއި، ދިވެހި ބޭސްވެރިކަމުގެ ގަސްގަހާގެހި އާލާކުރަނީ

ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިރިގަލުގެ މިސްކިތްތައް ހިމެނުމަށްޓަކައި ނޮމިނޭޝަން ޑޮޒިއަރ ފުރިހަމަކުރުމުގެ މަސައްކަތް ފަށައިފި

ހައިބަތު ބޮޑުކޮށް މިނިވަން ދުވަސް ފާހަގަކުރަނީ އަދުގެ ޖީލަށް މިނިވަންކަމުގެ އަގުވަޒަން ކުރުމުގެ ނަމޫނާ ދެއްކުމަށް!
