logoEN
Sto top
ކުދި ޖަޒީރާ ގައުމަކަށް ރާއްޖެ ވުމަކީ މިނިވަންކަން ހިމާޔާތްކުރުމަށް ފަރުވާކުޑަކުރަން ޖެހޭ އުޒުރެއް ނޫން!

ކުދި ޖަޒީރާ ގައުމަކަށް ރާއްޖެ ވުމަކީ މިނިވަންކަން ހިމާޔާތްކުރުމަށް ފަރުވާކުޑަކުރަން ޖެހޭ އުޒުރެއް ނޫން!

އަހުމަދު ޝުރާއު

logo

4/21/2025, 5:12:46 PM

# ރައީސް މުއިއްޒު

--

ދިވެހި އަސްކަރިއްޔާގެ ހުރިހާ ބާރުތަކަކަށް ކުރިއެރުން ގެނެސްދެއްވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސުލްޖުމްހުރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Wamco

ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ 133 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ކުރިޔަށްދާ ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ގާބިލުކަމާއި ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރިޔަށް ގެންދާ ކަމަށާއި އޭގެ ތެރޭގައި ސިފައިންގެ ފައުޖުގެ ކެޕޭސިޓީ އިތުރުކުރުމާއި ސިފައިންގެ އެސެޓުތައް އިތުރުކުރުން ހިމޭނެ ކަމަށެވެ. މިގޮތުން ކުރީގެ ސަރުކާރުތަކުން ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް އިހްމާލުވެފައިވާ ކަމަށާއި އެހެން ނަމަވެސް މި ސަރުކާރުން އެކަމަށް ޚާއްސަ އިސްކަމެއް ދެއްވާކަން ރައީސް ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ އާބާދީ ކުޑަނަމަވެސް ސަރަހައްދުގެ ގޮތުން ރާއްޖެ ބޮޑުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ހިކިފަސް ސަރަހައްދު ކުޑަނަމަވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑެުވުމަކީ މިނިވަންކަން ހިމާޔާތްކުރުމަށް ފަރުވާ ކުޑަކުރާން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދީ މިނިވަންވެސް ވަރުގަދަ ކުރެވޭނީ ސިފައިންނަށް އަސްކަރީ ބާރު ގެނެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ސިފައިންގެ އެކި ބާރުތަކުގެ ގާބިލްކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލި އަޅުއްވާލައްވަމުން ރައީސް ނޭވީ އެއްގެ އިތުރުން އާމީއެއް އުފެެއްދުން ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside