logoEN
Sto top
ޓްރޮސާޑްގެ ދެލަނޑާއެކު އިޕްސްވިޗް އަތުން އާސެނަލްއަށް ފަސޭހަ މޮޅެއް

ޓްރޮސާޑްގެ ދެލަނޑާއެކު އިޕްސްވިޗް އަތުން އާސެނަލްއަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

4/21/2025, 4:46:57 AM

# އިނގިރޭސި ޕްރިމިއާ ލީގު# އާސެނަލް# އިޕްސްވިޗް# ބޭރު ދުނިޔޭގެ ކުޅިވަރު

އާސެނަލްގެ ފޯވާޑް ލިއަންޑްތޯ ޓްރޮސާޑް، އިޕްސްވިޗް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..

އިނގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި އިޕްސްވިޗް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން އާސެނަލް އިން ކާމިޔާބުކޮށްފިއެވެ.

Wamco

ލީގުގައި އާސެނަލް އިން އެންމެ ފަހުން ކުޅުނު މެޗުގައި ބްރެންޓްފޯޑާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ލީގުގައި އިޕްސްވިޗް އެންމެ ފަހުން ކުޅުނު މެޗުގައި ޗެލްސީ އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އާސެނަލް އިންނެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައެވެ. މިލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ލިއަންޑްރޯ ޓްރޮސާޑް ކާމިޔާބުކުރިއިރު، އެޓީމުން ލީޑު ފުޅާކުރި ލަނޑު 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ގެބްރިއަލް މާޓިނެލީ އެވެ.

އާސެނަލް އިން ދެލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް އިޕްސްވިޗްއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު ލެއިފް ޑޭވިސް ކުރިކުށަކާއި ގުޅިގެން މެޗުގެ ރެފްރީ އޭނައަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.

މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 2-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އާސެނަލް އިން އިތުރު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ތިންވަނަ ލަނޑު ފަހުހާފުގެ 69 ވަނަ މިނެޓުގައި ޓްރޮސާޑް ކާމިޔާބުކުރިއިރު، ހަތަރުވަނަ ލަނޑު 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު އީތަން ވަނޭރީ އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 33 މެޗުން އާސެނަލްއަށް 66 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އިޕްސްވިޗް ލީގުގައި ކުޅުނު 33 މެޗުން ލިބުނު 21 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 18 ވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside