
ޕަވަރ ބޭންކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއެއްގައި ކުޑަހުވަދޫގެ ގެއަކަށް ބޮޑެތި ގެއްލުންތަކެއް!
# ދިވެހި ސިފައިން--
ޕަވަރ ބޭންކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއެއްގައި ކުޑަހުވަދޫގެ ގެއަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އިއްޔެ ހިނގި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ދ.ކުޑަހުވަދޫ، "ނީލް ވިލާ" ގޭގައި އެވެ.
މި ހާދިސާއި ގުޅިގެން ސިފައިން ބުނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އޭރިއާ ކޮމާންޑް، ކުޑަހުވަދޫ ފަޔަރ ސްޓޭޝަނަށް މި ހާދިސާގެ މަޢުލޫމާތު އިއްޔެ މެންދުރު 13:03 ހާއިރު ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ. މިގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން، އެ ގޭގައި ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ އިއްޔެގެ 13:14 ހާއިރުއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ގޭގެ ކޮޮޓަރިއެއްގައި ޗާޖަށް ޖަހާފައި އޮތް ޕަވަރ ބޭންކެއްގައި ރޯވުމާއި ގުޅިގެން ކަމަށް ސިފައިން ބުނެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވި ނަމަވެސް ޕަވާ ބޭންކް ޗާޖަށް ޖަހާފައި އޮތް އެގޭގެ ކޮޓަރި ވަނީ ބޭނުންނުކުރެވޭ ކަމަށް ގެއްލުން ވެފައި އެވެ.