logoEN
Sto top
“ކެލާ އަހައްމަދު"  މަކަރާއި ހީލަތުން އިތުރު ބައެއްގެ އަތުން ފައިސާ ހޯދާފައިވޭތޯ ބަލަނީ

“ކެލާ އަހައްމަދު" މަކަރާއި ހީލަތުން އިތުރު ބައެއްގެ އަތުން ފައިސާ ހޯދާފައިވޭތޯ ބަލަނީ

އަހުމަދު ޝުރާއު

logo

2/3/2025, 4:46:33 AM

# ހއ ކެލާ# ދިވެހި ފުލުހުންގެ ޙިދުމަތް

--

ފުލުހުންގެ ހައްޔަރުގައި ހުރި ހއ ކެލާއަށް ނިސްބަތްވާ މީހަކު މަކަރާއި ހީލަތުން އިތުރު ބައެއްގެ އަތުން ފައިސާ ހޯދާފައިވޭތޯ ބަލަން ފުލުހުން އިއުލާނުކޮށްފި އެވެ.

Wamco

ފުލުހުން މިއަދު ބުނީ ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންނާ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހަކު މަކަރާއި ހީލަތުން އިތުރު ބައެއްގެ އަތުން ފައިސާ ހޯދާފައިވޭތޯ ބެލުމަށް ބޭނުންވެފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ކެލާ/ ގަހާ، އާދަމް އިރުޝާން އެވެ.

ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ އެކި ފަރާތްތަކާ މުޢާމަލާތްކޮށްފައިވަނީ “ކެލާ އަހައްމަދު” ގެ ނަމުންކަން މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މިއާއިއެކު އާދަމް އިރުޝާން، މަކަރާއި ހީލަތުުން އެއްވެސް ފަރާތެއްގެ އަތުން ފައިސާ ހޯދާފައިވާނަމަ އެކަމުގެ މައުލޫމާތު ހއ. ދިއްދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 4005022 އަށް ނުވަތަ 9791462 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC