logoEN
Sto top
ހުޅުމާލެ ފިޔަވަތީގެ މުވައްޒަފުންނަށް އިވެކުއޭޝަންގެ ތަމްރީނެއް ކުރިއަށް ގެންގޮސްފި

ހުޅުމާލެ ފިޔަވަތީގެ މުވައްޒަފުންނަށް އިވެކުއޭޝަންގެ ތަމްރީނެއް ކުރިއަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

12/14/2025, 10:51:08 AM

# ހުޅުމާލެ

-

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއެކު ދިމާވެެދާނެ ޤުދުރަތީ ހާދިސާއަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އެފަދަ ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތުގެ އެމަޖެންސީ ޕުލޭނެއް އެކުލަވައިލާ އެކަމަށް މުވައްޒަފުންނާއި ކުދިން އަހުލުވެރިކޮށް އެފަދަ ހާލަތަކަށް ތައްޔާރުވުމަށް ބޭނުންވާ ޢަމަލީ ތަމްރީން ފޯރުކޮށްދިނުމުގެ ގޮތުން ހުޅުމާލެ ފިޔަވަތީގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

Wamco

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރެވިފައިވާ ދައުލަތުގެ ބެލެހެއްޓުމުގެ ދަށުގައި ތިބޭ އާއިލާތަކާއި ކުޑަކުދިނަށް ޚިދުމަތްދޭ އަމާންހިޔާތަކުގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތް ފުޅާކޮށް، އެތަންތަނުގެ ހިންގުން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެލެއްވި ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންގޮސްފައިވާ ތަމްރީން ޕްރޮގްރާމެކެވެ.

މި ތަމްރީނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލުކުރަންވީ ގޮތުގެ މަޢުލޫމާތު ދިނުމުގެ އިތުރުން، މިފަދަ ހާދިސާތަކުން ރައްކާތެރިވާނެ ގޮތުގެ ޢަމަލީ ތަޖުރިބާވެސް ފޯރުކޮށްދެވުނެވެ. އަދި މީގެ އިތުރުން ކުއްލި ހާލަތްތަކުގައި ޢަމަލުކުރަންވީ ގޮތްތައްވެސް ވަނީ ކިޔައިދެވިފައެވެ.

އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަކީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް ހަރުދަނާކުރުމަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށްވާއިރު، މި އަހަރު ނިމުމުގެ ކުރިން މި ވުޒާރާގެ ދަށުން ހިންގަމުންދާ އެންމެހައި އަމާންހިޔާތަކުގައި މި ޕްރޮގްރާމް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއާއެކު، އަމާންހިޔާތަކުގެ ފެންވަރު ރަނގަޅުކޮށް، އެތަންތަނުގެ ހިންގުން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅުގެ ބޮޑު ބައެއް ފުރިހަމަވެގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC