މޯލްޑިވްސް އެކްސްޕޯ 2025: މުނިފޫހިފިލުވުމުގެ ފަންނުވެރީންނަށް ބައިވެރިވުމުގެ ފުރުސަތު!
# މޯލްޑިވްސް އެކްސްޕޯ 2025ފޮޓޯ: ގާފު
"ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025" ގައި ބައިވެރިވުމަށް ބޭނުންވާ މުނިފޫހިފިލުވުމުގެ ފަންނުވެރީންނަށް ފުރުސަތު ހުޅުވާލައިފި އެވެ.

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބާއްވާ އެކްސްޕޯ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025" ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ އަންނަ މަހުގެ 23ން 31އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި އެވެ.
މި އެކްސްޕޯ ކުރިޔަށްގެންދާ އެކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި މައުރަޒުގައި ހުރިހާ އުމުރުފުރައެއްގެ ބޭފުޅުންނަށް އަމާޒުކޮށްގެން ޚާއްޞަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން މި ހަރަކާތްތަކުގައި ބައިވެރި ވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މީގެތެރޭގައި ބޭންޑުތަކާއި ޑާންސް ކްރޫތަކުން ފެށިގެން މެޖިކް ދައްކާ ހުނަރުވެރިންނާއި ކޮމީޑިއަނުން ފަދަ އެކި ދާއިރާތަކުގެ ހުނަރުވެރިންނާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.
އެގޮތުން ބައިވެރިވުމަށް އެދޭ ފަރާތްތަކުން، މި ލިންކުގައި ހިމެނޭ ފޯމު ފުރިހަމަކުރެއްވުމަށް ވަނީ އެދިފައި އެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އިންތިޒާމްކޮށް ހިންގުމަށް ހަމަޖެހިފައިވަނީ އިޤްތިސާދީ ތަރައްޤީ އާއި ވިޔަފާރި އާއި ބެހޭ ވުޒާރާ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެންނެވެ.