
މޯލްޑިވްސް އެކްސްޕޯ 2025 : އުފެއްދުންތެރިންނަށް ޚާއްސަކޮށްގެން މަޢުލޫމާތު ބައްދަލުވުމެއް ބާއްވައިފި
# މޯލްޑިވްސް އެކްސްޕޯ 2025--
މާލެ ސަރަޙައްދުގައި ދިރިއުޅޭ އަމިއްލަ އުފެއްދުންތެރިންނަށް އަމާޒުކޮށްގެން، ކުރިއަށް އޮތް 'ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު2025' އާ ގުޅޭ މަޢުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަނެއް ބާއްވައިފިއެވެ.

އިޤްތިޞާދީ ވުޒާރާގައި އިންތިޒާމުކުރެވުނު މި މުހިންމު ބައްދަލުވުމުގައި، މައުރަޒާ ގުޅޭ ތަފްޞީލީ މަޢުލޫމާތުތަކެއް ހިއްސާކުރެވުނެވެ. މީގެ ތެރޭގައި މައުރަޒުގައި ބައިވެރިވުމުގެ ޝަރުޠުތަކާއި، މައުރަޒު ބޭއްވުމަށް ކަނޑައެޅިފައިވާ ތާރީޚުތަކުގެ އިތުރުން، ބައިވެރިވާން އެދޭ ފަރާތްތަކުން ޢަމަލުކުރަންވީ ގޮތުގެ ތަފްޞީލީ އިރުޝާދުތައްވެސް ފޯރުކޮށްދެވުނެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ.
މި މައުރަޒު ބާއްވަން ހަމަޖެހިފައިވަނީ މިއަންނަ މެއި މަހުގެ 23 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާ ހަމައަށް ހުޅުމާލޭ ސެންޓްރަލް ޕާރކުގައެވެ.