
--
ސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށް މަޖިލީހުން ބިލެއް ފާސްކޮށް އެ ބިލު މިއަދު ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ފާސްކޮށްފައި އެވެ.

މި ނިންމުން ވެގެން ގޮސްފައިވަނީ ފަލަސްތީނުގެ މިނިވަން ކަމަށް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އަޑުއުފުލަމުންދާ އެތައް ބަޔެއްގެ ތައުރީފް ރާއްޖެއަށް ލިބިގެންދިޔަ ބޮޑު ނިންމުމަކަށެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި މިއީ ކުޑަކުޑަ ގައުމަކުން ނިންމި ވަރަށް ބޮޑު ނިންމުމެކެވެ.
މި ނިންމުމާއި އެކު ދުނިޔޭގެ ބޮޑެތު އެތަކެއް މީޑިއާތަކެއް ފަލަ ސުރުހީއަށް ރާއްޖޭގެ މި ނިންމުން ވަނީ އަރާފައި އެވެ. އެގޮތުން ބޭރުގެ ނޫސްތަކަށް ހަބަރު ފޯރުކޮށްދޭ އޭއެފްޕީއިން މި ހަބަރު ގެނެސްދިނުމާއި އެކު ފަލަސްތީނުގެ ހަބަރުތައް އެންމެ ތާޒާ ކަމާއި އެކު ގެނެސްދޭ އަލް ޖަޒީރާ ފަދަ ނޫސްތަކުންވެސް ވަނީ މި ނިންމުމުގެ ހަބަރު ގެނެސްދީފައި އެވެ.
އެގޮތުން ދިވެހިރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުމަށް ނިންމި ނިންމަށް މި ވަގުތުން ފެށިގެން އަމަލުކުރަމުންދާކަން ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި އެވެ.
ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިއަދު ހެނދުނު އެވެ. އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށް ފާސްކުރި މި ބިލް ރައީސް ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތަސްދީގުކުރައްވާފައި އެވެ.
މި ބިލަކީ އިދިކޮޅު އެމްޑީޕީގެ މެމްބަރަކު މަޖިލީހަށް ހުށަހެޅުއްވި ބިލަކަށް ވާއިރު މި ބިލް މަޖިލީހުން ފާސްކުރީ މިއަދުގެ ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
ދިވެހި ސަރުކާރުން ދަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ ގޮވައިލައްވައިފައެވެ.
ގުޅުންހުރި

ރައީސް މުއިއްޒު އަކީ ފޭރާން ހެޔޮ މުޖުތަމައުއެއް ބިނާކުރަން މަސައްކަތް ކުރައްވާ ވެރިޔެއް - މުޖުތަބާ

މި އަހަރު ނިމެންވާއިރަށް އެސްޓީއޯ ރޭޓުގައި ހުރިހާ އަތޮޅަކުން ތެޔޮ ލިބޭނެ

ޤަވާއިދުން މަސްވެރިންނަށް ފައިސާ ދޭތާ 4 މަސް ވެއްޖެ ، މިހާތަނަށް 470 މިލިއަން ރުފިޔާ ދޫކޮށްފިން - ރައީސް
