logoEN
Sto top
އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް  ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖޭގައި ޤައުމީ ކެމްޕެއިނެއް!

އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖޭގައި ޤައުމީ ކެމްޕެއިނެއް!

އަހުމަދު ޝުރާއު

logo

4/14/2025, 4:42:12 PM

# ރައީސް މުއިއްޒު

--

އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް މީހުން އަހުލުވެރިކޮށް، ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖެ ޝާމިލުވާގޮތަށް ޤައުމީ ކެމްޕެއިނެއް ފެއްޓެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިންމަވައިފިއެވެ.

Wamco

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އާދިއްތާ ދުވަހު ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

މި ކެމްޕެއިން ކުރިއްދާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އެހީތެރިކަމާއެކުގައެވެ.

މި ކެމްޕެއިންއާއި ގުލޭ ތަފްސީލް ރައީސް އޮފީހުން ހާމަކޮށްފައި ނުވާއިރު ތަފްސީލްތައް ކުރިޔަށް އޮތް ހަފްތާތަކުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިއުލާނުކުރާނެ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

މިފަދަ ކެމްޕެއިނެއް ފަށަން ނިންމާފައިވާއިރު ސަރުކާރުން ދާދި ފަހުން ވަނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެގުމުގެ އުސޫލަށްވެސް ބަދަލުތަކެއް ގެނެސްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside