logoEN
Sto top
މޯލްޑިވިއަންގެ މަސައްކަތަށް ފަހުރުވެރިވަން - ރައީސް

މޯލްޑިވިއަންގެ މަސައްކަތަށް ފަހުރުވެރިވަން - ރައީސް

އަހުމަދު ޝުރާއު

logo

4/13/2025, 5:18:51 PM

# ރައީސް މުއިއްޒު

--

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގަމުންދާ އައިލެންޑް އޭވިއޭޝަންގެ އަހަރާއި ދުވަހާއި ގުޅިގެން ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

Wamco

މިއަދު ފާހަގަކުރަމުންދާ އައިލެންޑް އޭވިއޭޝަންގެ 25 ވަނަ އަހަރީ ދުވަހާއި ގުޅިގެން ރައީސް އެކުންފުންޏަށާއި މުވައްޒަފުންނަށް ތަހުނިޔާ ފޮނުއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެގޮތުން ރައީސްގެ ޕޯސްޓުގައި ވިދާޅުވީ މެދުކެނޑުމެއްނެތި 25 އަހަރު ދިވެހި ޤައުމުގެ ނަން ވައިގެ ތެރޭގައި ފަވަމުން، އައިލެންޑް އޭވިއޭޝަންގެ ޓީމުން ކުރައްވަވާ ހިންމަތްތެރި މަސައްކަތަށް އެމަނިކުފާނު ފަޚުރުވެރިވާ ކަމަށެވެ.

އަދި ރާއްޖޭގެ ދަތުރުފަތުރު ފުޅާކޮށް އިޤްތިޞާދު ހިފެހެއްޓުމުގައި، އަދި ތަރައްޤީ ދަމަހައްޓައިދިނުމުގައި، ޚިދުމަތުގެ ރިހިޔޫބީލް ފާހަގަކުރާ މި އުފާވެރި ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރާކަމަށް ރައީސްގެ ޕޯސްޓުގައި ލިޔުއްވި އެވެ.

ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ވުޖޫދަށް އައީ 2000 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 13 ވަނަ ދުވަހު އެވެ. އެގޮތުން މިއަދަށް ރިހިޔޫބީލް ފުރޭ އިރު ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި އެކުންފުނިން ގިނަ ގުނަ ކުރި އެރުންތަކެއް ވަނީ ހޯދާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside