logoEN
Sto top
ބޭސް ނުލިބުމުގެ މައްސަލަ އަށް އަންނަނީ ހައްލު ލިބެމުން - ނާޒިމް

ބޭސް ނުލިބުމުގެ މައްސަލަ އަށް އަންނަނީ ހައްލު ލިބެމުން - ނާޒިމް

އަހުމަދު ޝުރާއު

logo

4/11/2025, 12:04:55 PM

# ހެލްތު މިނިސްޓްރީ

--

ބޭސް ނުލިބުމުގެ މައްސަލަ ހައްލުކުރަން އަޅަމުން އަންނަ ފިޔަވަޅުތަކުން ހައްލު ލިބެމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

Wamco

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ބޭހުގެ ކަންކަން ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް އަޅުއްވަމުން އަންނަ ކަމަށެވެ.

ބޭހުގެ ކަންކަމުގައި ހަރަކާތްތެރިވާ މުވައްޒަފުން ޒިންމާދާރު ކުރެވި، އެމްއެފްޑީއޭގެ ނިޒާމް ހަރުދަނާކުރެވި ބޭހުގެ ކަންކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިކަން މިގޮތަށް ކުރަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން ކުރިން ހުރި ގޮންޖެހުންތަކަށް ހައްލުތަކެއް ލިބި މިއަދު އަޅުގަނޑުމެން ދެކެނީ ކުރިއެރުންތަކެއް ލިބިފައިވާކަމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މާ ގިނަ ދުވަސްތަކެއް ނުވެ މި ކަންބޮޑުވުން ދާއިމީ، ހިތްހަމަޖެހޭ ހައްލެއް ހޯދައިދޭނެކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އެބައޮތް." މިނިސްޓަރ ވިދާޅުވި އެވެ.

ގިނަ ބޭސް ރާއްޖޭން ނުލިބުމާއި އާސަންދައިން ލިބޭ ބޭސް ވެސް ފާމަސީތަކުން އާސަންދަ ދަށުން ފޯރުކޮށްނުދޭތީ އޭގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅުގައި، ރައީސް މުއިއްޒު ވިދާޅުއީ އެއީ ބޭހުގެ ވިޔަފާރިވެރިން ކުރިމަތިކުރުވި ދަތި ކުރުމެއް ކަމަށެވެ. ބޭހުގެ އަގު ކޮންޓްރޯލްކޮށް ބޭހުގެ ބާޒާރު މެޑިކަލް މާފިއާއިން ކޮންޓްރޯލްކުރާ ކުރުން ނިމުމަކަށް ގެނައީ ދިވެހި ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އާސަންދަ ތެރެއިން ހިނގާ ބޮޑު އިސްރާފެއް ކޮންމެހެން ހުއްޓުވަން ސަރުކާރުން ބޭނުންވާތީ ކަމަށް ވިދާޅުވި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside