
2027 ގެ ދިރާސީ އަހަރު ފެށޭއިރަށް، ޢަރަބިއްޔާގެ ކިޔެވުން ދާއިމީ ބޮޑު ސްކޫލަކަށް ބަދަލުވެގެންދާނެ - ރައީސް
# ރައީސް މުއިއްޒު--
އަރަބިއްޔާ ސްކޫލުގެ ކިޔެވުން ދާއިމީ އައު އިމާރާތަކަށް ބަދަލުކުރުމުގެ މަސައްކަތް 2027 ވަނަ އަހަރުގެ ދިރާސީ އާ އަހަރަށް ނިމިގެންދާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާލުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން ސްކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކާއި އިމާރާތުގެ މައްސަލައަށް އަލިއަޅުއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރިޔާސީ ވައުުދުފުޅާއި އެއްގޮތަށް އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި މިހާރު ކުރިޔަށްދަނީ ފައުންޑޭޝަން މަސައްކަތް ކަމަށެވެ. އަދި ބާރު ސްޕީޑެއްގައި މަސައްކަތް ކުރިޔަށް ގެންގޮސް 2026 ވަނަ އަހަރަށް އެ ސްކޫލުގެ މަސައްކަތް ނިންމުމަކީ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.
" 2027 ގެ ދިރާސީ އަހަރު ފެށޭއިރަށް، ޢަރަބިއްޔާގެ ދާއިމީ ބޮޑު ސްކޫލަކަށް، ޢަރަބިއްޔާ ސްކޫލް އިރާދަކުރެއްވިއްޔާ ބަދަލުވެގެންދާނެ." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ބައެއް ސްކޫލްތަކަށް ޖާގަ އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި ރައީސް ވިދާޅުވީ މާލެ ސަރަހައްދުގެ ސްކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންދާ ކަމަށެވެ.މިސާލެއްގެ ގޮތުން ތާޖުއްދީން ސްކޫލް ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ތާޖުއްދީން ސްކޫލާ ހަމަ އިންވެގެން ރަސްފަންނާވީ ފަޅީގައި އޮންނަ ޖާގައިން ޖާގަ އިތުރުކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.
ކުރީގެ ކުނިކޮށި ހުރި ބިމުގައި އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އެޅުމަށް ނިންމައި އެ ސްކޫލުގެ ބިންގާ މިދިޔަ އަހަރު ވަނީ އަޅާފައި އެވެ. އަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި އަރަބި ބަހުން ތައުލީމު ދެވޭ މަރުކަޒަކަށް އެ ސްކޫލް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި، ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އާ އިމާރާތެއް ބިނާކޮށް، އެތަނަށް އަރަބިއްޔާ ސްކޫލް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ރިޔާސީ ވައުދެކެވެ.
ގުޅުންހުރި

ކުޑަކުޑަ ރާއްޖޭގެ ބޮޑު ނިންމުން ބޭރުގެ މީޑިއާތަކުގެ ފަލަ ސުރުހީއަށް!

އިސްރާއީލް ޕާސްޕޯޓު މަނާކުރާ ބިލް ތަސްދީގުކުރައްވައިފި: ދެނެއް ރާއްޖެ އެތެރެނުވެވޭނެ!

އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖޭގައި ޤައުމީ ކެމްޕެއިނެއް!
