logoEN
Sto top
ރައީސް އެންމެ އަވަހަށް ދެން ވަޑައިގަންނަވާނީ މ އަތޮޅަށް: މުލީ އެއާޕޯޓު ހުޅުވުމަށް!

ރައީސް އެންމެ އަވަހަށް ދެން ވަޑައިގަންނަވާނީ މ އަތޮޅަށް: މުލީ އެއާޕޯޓު ހުޅުވުމަށް!

އަހުމަދު ޝުރާއު

logo

4/10/2025, 1:34:31 PM

# ރައީސް މުއިއްޒު

--

ރައީސް ޑރ މުހައްމަދު މުއިއްޒު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ފައްްޓަވާފައިވާ ދަތުރުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ވަޑައިގަންނަވާނީ މ އަތޮޅުގެ ރަށްތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

Wamco

އެ މަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ ދައުރުގެ ތެރެއިން ދެފަހަރު ކޮންމެ ރަށަކަށް ވަޑައިގަންނަވަން އެމަނިކުފާނު ނިންމެވި ނިންމެވުމާއި އެކު ފުރަތަމަ ބުރުގެ ތެރެއިން ކުރައްވަމުންދާ ދަތުރުފުޅުތައް މެދުކަނޑާލީ ރަމަޟާން މަހަށް ކަމަށެވެ. ނަމަވެސް މެދުކެނޑުމަކަށްފަހު މިމަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހު ކުރީ ކޮޅު ދަތުރުތައް އަލުން ފަށާނެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނު އެންމެ އަވަހަށް ދެން ވަޑައިގަންނަވާނީ މ އަތޮޅަށް ކަމަށެވެ.

" ދެން އެންމެ ފުރަތަމަ ކުރަން އޮތް ދަތުރުވެސް ހަމަ ދަންނަވާލެވިދާނެ. ހަމަ އެންމެ ފުރަތަމަ ދަތުރެއް މިއޮތީ މ. އަތޮޅު މުއްޔަށް. މުލީގެ އެއަރޕޯޓް ހުޅުވުމަށް. މުލީގެ އެއަރޕޯޓް އިރާދަކުރެއްވިއްޔާ، މޭ މަހުގެ 1 ގައި، ނޫނީ އެޕްރީލް 30 ގައި، އޭގެ ކުރީ ދުވަހު އިނގޭތޯ. އެޕްރީލް 30 ގައި. އެއީ، އަޅުގަނޑު އެންމެ ބޮޑަށް ބޭނުންވަނީ، މި މަސް ނިމުމުގެ ކުރީގައި ހުޅުވަން. ދެން ނުހުޅުވިއްޖިއްޔާ، ޖެހިގެން އަންނަ ދުވަހުވެސް ހުޅުވަން. " ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ އަންނަ އޮގަސްޓު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ދައުރުގެ ފުރަތަމަ ދަތުރު ކުރުން ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside