
ތައިލެންޑަށް އެތެރެވާނަމަ އޮންލައިން ފޯމެއް ފުރަން ޖެހޭގޮތް ހަދަނީ: ދިވެހީން އެކަމަށް ސަމާލުވުމަށް މިނިސްޓްރީގެ އިލްތިމާސް!
# ފޮރިން މިނިސްޓްރީ--
ތައިލެންޑްގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާއި ގުޅިގެން ތައިލެންޑް އަށް ދަތުރުކުރާ ދިވެހިންގެ އެކަމަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ފޮރިން މިނިސްޓްެރީން މިއަދު ބުނީ ތައިލެންޑްގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން 10 މޭ 2025 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު ތައިލެންޑަށް އެތެރެވުމުގެ ކުރިން "ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު" ފުރިހަމަކުރަންޖެހޭ ގޮތަށް ތައިލެންޑް އިމިގްރޭޝަނުން މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
މިގޮތުން މި އޮންލައިން ފޯމް ފުރުމަށް ހަމަޖެހިފައިވަނީ މި ލިންކް މެދުވެރިކޮށް ދަތުރަށް ފެށުމުގެ ތިން ދުވަހުގެ ތެރޭގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މީގެ ސަބަބުން، ރާއްޖެއާއި ތައިލެންޑްއާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައިނުވާކަން ފާހަގަކޮށް ފޮރިން މިނިސްޓްރީން ބުނީ ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް މިހާރުވެސް 90 ދުވަހުގެ "އެންޓްރީ ވިސާ" ގައި ތައިލެންޑަށް ދަތުރު ކުރެވޭނެ ކަމަށެވެ.
އެހެންކަމުން ތައިލެންޑަށް ދަތުރުކުރައްވާ ފަރާތްތަކުން، ދިވެހިރާއްޖެއިން ފުރައިވަޑައިގަތުމުގެ ކުރިން ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު އޮންލައިންކޮށް ފުރުއްވުމަށް އެމިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައި އެވެ. އަދި ރާއްޖެއިން ބޭރުގައި އުޅުއްވާއިރު އެޤައުމެއްގެ ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުންހުރި

ރާއްޖޭގެ ފަރާތުން އައިރީނާއަށް ކަނޑައެޅުއްވި ދާއިމީ މަންދޫބަކަށް މޮންދު!

ޚާރިޖީ ވަޒީރު ޑރ. ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ތުރުކިޔޭ އަށް ވަޑައިގެންފި

ތައިލެންޑަށް އެތެރެވާނަމަ އޮންލައިން ފޯމެއް ފުރަން ޖެހޭގޮތް ހަދަނީ: ދިވެހީން އެކަމަށް ސަމާލުވުމަށް މިނިސްޓްރީގެ އިލްތިމާސް!
-1744078538920.webp&w=3840&q=75)