logoEN
Sto top
އެކުއެޓިކް ކޮމްޕްލެކްސްއާއެކު ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދެވޭނެ - ރާފިއު

އެކުއެޓިކް ކޮމްޕްލެކްސްއާއެކު ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދެވޭނެ - ރާފިއު

އަހުމަދު ޝުރާއު

logo

4/8/2025, 12:50:32 PM

# ކުޅިވަރާއި ހަށިހެޔޮ ކަމާބެހޭ ވުޒާރާ

--

ހުޅުމާލޭގައި ގާއިމްކުރާ އެކުއެޓިކް ކޮމްޕްލެކްސްއަކީ ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިޔުމުގައި ބޮޑު ހިއްސާއަކަށްވާނެ ވަސީލަތަކަށްވާނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

Wamco

ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު މިހެން ވިދާޅުވީ ހުޅުމާލޭގައި ޤާއިމްކުރަމުން އަންނަ ބައިނަލްއަޤްވާމީ އެކުއެޓިކްސް ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު ދެއްވި އިންޓަވިއުއެއްގައެވެ.

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތާއި ޖެހިގެން އޮންނަ ބިމުގައި ޤާއިމްކުރަމުން އަންނަ އެކުއެޓިކްސް ކޮމްޕްލެކްސްއަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކުރާ ކޮމްޕްލެކްސްއެކެވެ. މި ކޮމްޕްލެކްސްގައި ފެތުމަށް ހާއްސަ ޕޫލަކާއި، ޑައިވް ޕޫލެއްގެ އިތުރުން، 1200 މީހުންނަށް ކުޅިބަލަންތިބެވޭނެ އިންތިޒާމްތައްވެސް ހުންނާނެއެވެ. މީގެ އިތުރުން ޖިމަކާއި، މަލްޓިޕާޕަސް ހޯލެއްގެ އިތުރުން ރެސްޓޯރަންޓްތަކާއި، ކޮމްޕްލެކްސްގައި ހުންނަންޖެހޭ އެހެނިހެން ޚިދުމަތްތައްވެސް ހިމެނޭނެއެވެ.

މި ކޮމްޕްލެކްސްއާ ގުޅޭގޮތުން ވަޒީރު ރާފިޢު ވިދާޅުވީ މިއީ ރާއްޖޭގެ ކުޅިވަރުގެ ކުރިއެރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ. ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ވަސީލަތްތައް ނެތުންކަމަށާއި، މިގޮތުން ފެތުމަށް ބަލާއިރުވެސް ހާލަތަކީ މިއީކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރާ ގުޅިގެން އަމިއްލަ ފަރާތަކުން ހުޅުމާލޭގައި ޤާއިމްކުރަމުން އަންނަ އެކުއެޓިކް ކޮމްޕްލެކްސްގައި ހިމެނޭ ސްވިމިން ޕޫލަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ އަދި ބައިނަލްއަގްވާމީ މުބާރާތްތައް ބާއްވަންވެސް ވަރަށް އެކަށީގެންވާ ވަސީލަތެއްކަމަށެވެ. އެހެންކަމުން މިއީ ރާއްޖޭގެ ސްވިމިން އިތުރު ހަރުފަތަށް ކުރިއަށްޖެހި ކުޅުންތެރިންނަށްވެސް ބޮޑު ކުރިއެރުމެއް އަންނާނެ ފެސިލިޓީއެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަޒީރު ރާފިޢު ވިދާޅުވި ބައިނަލްއަޤްވާމީ ގޭމްސް ބޭއްވުމަށްވެސް ދިވެހިރާއްޖެއަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ސްވިމިން ޕޫލެއް ނެތުންކަމަށާއި، މި ފެސިލިޓީއާއެކު ރާއްޖޭގައި މުބާރާތްތައް ބޭއްވުމަށް އިތުރު ފުރުސަތުތައް ހުޅުވޭނެކަމަށެވެ.

ސަރުކާރުން މިދިޔަ އަހަރު އެންމެ ފުރަތަމަ ފެއްޓެވި މަސައްކަތްތަކުގެ ތެރޭގައި މި ކޮމްޕްލެކްސް އަޅާ ބިން ސާފުކުރުން ހިމެނޭ ކަމަށާއި، މިދިޔަ އަހަރުގެ މާޗްމަހު އަމަލީ މަސައްކަތް ފެށުނު ގޮތަށް މިއަދާ ހަމައަށް ބާރު ސްޕީޑުގައި މި މަސައްކަތްކުރިއަށް ގޮސްފައިވަނީ ސްވިމިން އެސޯސިއޭޝަނުން މިކަމަށް ކުރައްވާ މަސައްކަތުގެ ސަބަބުންކަމަށެވެ. މިގޮތުން ސްވިމިން އެސޯސިއޭޝަނާއި، މި މަސައްކަތްކޮށްދެއްވާ އަމިއްލަ ފަރާތްތަކުންނާއި ވޯލްޑް އެކުއެޓިކްސްއިން ގުޅިގެން ކުރައްވާ މަސައްކަތް އޭނާ ފާހަގަކުރެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside