
އައްޑޫ ސިޓީ ލިންކް ރޯޑް މަގުތަކާއި ފެން ހިންދާ ނިޒާމު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް އާރްޑީސީއަށް!
# އައްޑޫ ސިޓީ# އާރްޑީސީ--
އައްޑޫ ސިޓީ ލިންކް ރޯޑް މަގުތަކާއި ފެން ހިންދާ ނިޒާމު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް އާރްޑީސީއާއި ހަވާލުކޮށްފި އެވެ.

މިއަދު އޮތް ރަސްމިއްޔާތެއްގައި މިކަމާއި ގުޅޭ އެއްބަސްވުމުގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އާއި އާރްޑީސީއާއި ދެމެދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބްއެވެ. އަދި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރު އެވެ.
މި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ، ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާން ބައިވެރިވެވަޑައިގަންނެވިއެވެ.
މި މަޝްރޫއު އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 829,792,313.63 ރުފިޔާއަށް 1440 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫއުގެ ދަށުން އާރްޑީސީއާއި ހަވާލުކޮށްފައިވަނީ ލިންކް ރޯޑް ޒަމާނީ ފެންވަރަށް ހެދުމަށާއި 67.58 ކިލޯމީޓަރުގެ ސީ.ޓީ.ބީ އަޅާފައިވާ މަގުތަކުގައި ތާރު ނުވަތަ ގާ އެޅުމުގެ އިތުރުން ސ.ފޭދޫގައި ފެން ހިންދާ ނިޒާމް ޤާއިމް ކުރުމަށެވެ. އަދި ދުވާރުތައް ހެދުން ރޯޑް މާރކިން އަދި ސައިން ބޯޑް ހަރުކުރުން ހިމެނެއެވެ.
ގުޅުންހުރި

ދިއްދޫ މަގުހެދުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ!

މިލަންދޫ އިން މިއަދު ފެންނަ ހިތްގައިމު އަދި ހިތްފަސޭހަ މަގުތަކުގެ ހަގީގީ މޭސް ތިރިންނަކީ ހީވާގި މުވައްޒަފުން - އާރްޑީސީ

މުލަކު މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ!
