
100އަށް ވުރެ ގިނަ ރަށްރަށުން ކޮމިއުނިޓީ ރީ-އިންޓަރގްރޭޝަން ފަރުވާގެ ޚިދުމަތް ދަނީ ދެމުން - އެންޑީއޭ
# އެންޑީއޭ--
ސަތޭކައަށް ވުރެ ގިނަ ރަށްރަށުގައި، ކޮމިއުނިޓީ ރީ-އިންޓަރގްރޭޝަން ފަރުވާގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ ކަމަށް ނޭޝެނަލް ޑްރަގް އޭޖެންސީން ހާމަކުރައްވައިފިއެވެ.

ފަރުވާގެ ޚިދުމަތް ދެވޭ ތަންތަން ހާމަކުރައްވާ އެންޑީއޭއިން އާންމުކޮށްފައިވާ މައުލޫމާތުގައި ވަނީ އެ އޭޖެންސީ އާއި ކައުންސިލް އިދާރާތަކާއި، ސިއްޚީ ޚިދުމަތްދޭ މަރުކަޒުތައް ގުޅިގެން 100އަށް ވުރެ ގިނަ ރަށްރަށުގައި، ކޮމިއުނިޓީ ރީ-އިންޓަރގްރޭޝަން ފަރުވާގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.
އަދި ފަރުވާގެ ޚިދުމަތް މާލޭގައި ގާއިމްކޮށްފައިވާ ކޮމިއުނިޓީ ސާވިސް ސެންޓަރުންނާއި ގަގަން ކްލިނިކް، ހުޅުމާލޭގައި ގާއިމްކޮށްފައިވާ ހާފްވޭ ހައުސް އަދި ހިންމަފުށީގައި ގާއިމްކޮށްފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ލިބޭނެކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އަދި ގއ. ވިލިނގިލި- ދަގެނާ އާއި ގދ. ގައްދޫގައި ގާއިމްކޮށްފައިވާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުންވެސް ފަރުވާގެ ޚިދުމަތް ލިިބިގެންދާނެއެވެ.
އެންޑީއޭއިން ސަތޭކައަށް ގިނަ ރަށްރަށުގައި، ކޮމިއުނިޓީ ރީ-އިންޓަރގްރޭޝަން ފަރުވާގެ ޚިދުމަތް ފޯރުކޮށްދެމުން އަންނައިރު މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމަށް ފަރުވާދޭ މަރުކަޒުތައް 3 ރަށެއްގައި އެޅުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.
މި މަރުކަޒުތައް ގާއިމުކުރާ 3 ރަށަކީ ނ. ވެލިދޫ، ކ. ކާށިދޫގެ އިތުރުން ލ. ގަމެވެ.
ފަރުވާދޭ މި މަރުކަޒުތައް ނިމުމުން މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމަށް ދެވޭ ފަރުވާގެ ފުރުސަތު ގިނަ ބަޔަކަށް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
މަސްތުވާތަކެތިން އަރައިގަތުމަށް ފަރުވާދޭ 6 ސެންޓަރެއް ރާއްޖޭގައި ހުރެއެވެ. ސަރުކާރުން މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ ފަރުވާއަށް ބޭނުންވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާތީ ސެންޓަރުތަކުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތެވެ. އެ ގޮތުން ހިންމަފުށީގައި ހުންނަ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރަށް 1000 ޖާގަ އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
ގުޅުންހުރި

ހިންމަފުށީ ރިހެބް ސެންޓަރުގައި ފުލުހުންނާއި އެންޑީއޭ ގުޅިގެން ކޯޑިނޭޓެޑް އޮަޕަރޭޝަނެއް ކުރިޔަށްގެންދަނީ

މަސްތުގެ ހާލަތުގައި ތިބޭ ފަރާތްތައް މަގުމަތިން ފެންނަނަމަ އަވަހަށް ރިޕޯޓުކުރޭ: އެންޑީއޭ

100އަށް ވުރެ ގިނަ ރަށްރަށުން ކޮމިއުނިޓީ ރީ-އިންޓަރގްރޭޝަން ފަރުވާގެ ޚިދުމަތް ދަނީ ދެމުން - އެންޑީއޭ
