
--
ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ.ޢަބްދުالله ޚަލީލް މިއަދު ރިޕަބްލިކް އޮފް މޯލްޓާއަށް ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޚަލީލްގެ މި ދަތުރުފުޅުގައި މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ ފޮރ ފޮރިން އެފެއާޒް އެންޑް ޓުއަރިޒަމް އިޔާން ބޯރގްއާ ބައްދަލުކުރައްވައި ރާއްޖެއާއި މޯލްޓާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ އިތުރުން ދެޤައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަމާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން މޯލްޓާގައި ކެބިނެޓުގެ އިސް ވަޒީރުންނާވެސް މިނިސްޓަރު ހަލީލް ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވައި އާ ފުރުސަތުތައް ހޯއްދެވުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ތިމާވެށި ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްގީއާއި، އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމާއި، ވިޔަފާރީގެ ދާއިރާއާއި ފަތުރުވެރިކަމުގެ ގުޅުން ތައް ބަދަހިކުރުމަށް މަޝްވަރާކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މިނިސްޓަރގެ އަރިހުގައި ސެކްރެޓަރީ ޑރ.ހާލާ ހަމީދާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ޙަސަން ޙުސައިން ޝިހާބު ބައިވެރިވެވަޑައިގަންނަވައެވެ.
މިއީ ފޮރިން މިނިސްޓަރު ހަލީލް މޯލްޓާ އަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ގުޅުންހުރި

ރާއްޖޭގެ ފަރާތުން އައިރީނާއަށް ކަނޑައެޅުއްވި ދާއިމީ މަންދޫބަކަށް މޮންދު!

ޚާރިޖީ ވަޒީރު ޑރ. ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ތުރުކިޔޭ އަށް ވަޑައިގެންފި

ތައިލެންޑަށް އެތެރެވާނަމަ އޮންލައިން ފޯމެއް ފުރަން ޖެހޭގޮތް ހަދަނީ: ދިވެހީން އެކަމަށް ސަމާލުވުމަށް މިނިސްޓްރީގެ އިލްތިމާސް!
-1744078538920.webp&w=3840&q=75)