logoEN
Sto top
އިންޑިއާގެ ބޮޑުވަޒީރު މޯދީ ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގެންފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގެންފި

އަހުމަދު ޝުރާއު

logo

4/4/2025, 4:10:36 PM

# އިންޑިއާ - ސްރީލަންކާ

--

ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ބޮޑުވަޒިރު ނަރެންދުރަ މޯދީ، އަވަށްޓެރި ސްރީލަންކާއަށް ވަޑައިގެންފި އެވެ.

Wamco

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރާގޮތުގައި މޯދީގެ މި ދަތުރުފުޅަކީ 3 ދުވަހުގެ ދަތުރުފުޅެކެވެ. އެގޮތުން މި ދަތުރުފުޅުގައި އިންޑިއާއާއި ލަންކާއާއި ދެމެދު ވިޔާފާރިއާއި ހަކަތައާއި އަސްކަރީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވަނީ ހަމަޖެހިފައި އެވެ.

މޯދީ ލަންކާއަށް ވަޑައިގެންނެވީ މިރޭގެ ވަގުތެއްގައި އެވެ. އެގޮތުން ވެރިކަން ކޮލަމްބޯއަށް ވަޑައިގަތުމުން ލަންކާ ސަރުކާރުން މޯދީއަށް ހޫނު މަރުހަބާއެއް ކިޔާފައި ވެއެވެ.

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަގެ ދައުވަތަކަށް މޯދީ ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ މިދިޔަ އަހަރު ސްރީލަންކާއަށް ސިޔާސީ ގޮތުން ބޮޑެތި ބަދަލުތަކެއް އައި ފަހުން ބޭރުގެ ލީޑަރަކު ސްރީލަންކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މިގޮތުން އިންތިޚާބު ކާމިޔާބު ކުރެއްވިތާ މަސްތަކެއް ފަހުން ރައީސް ޑިސަނަޔަކަ ވަނީ ރަސްމީ ދަތުރުފުޅެއްގައި ނިއު ދިއްލީއަށް ވަޑައިގެން މޯދީއާއި ބައްދަލުކުރައްވާފައި އެވެ.

އިންޑިއާއާއި ލަންކާގެ ނޫސްތަކުން ރިޕޯޓުކުރާގޮތުގައި ރައީސް ޑިސަނަޔަކަގެ ވެރިކަމާއި އެކު ދެގައުމުގެ ގުޅުން ބަދަހިވެފައިވާއިރު މޯދީގެ ދަތުރުފުޅާއި އެކު ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside