
--
އއ ހިމަންދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ އަޑިއަށް ހިނގައްޖެ އެވެ.

ފުލުހުން މިއަދު ބުނީ ހިމަންދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެފައިވާ މައްސަލަ މިއަދު ހެނދުނު 05:50 ހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި ލޯންޗުގައި ރޯވި އަލިފާން ނިއްވާލެވިފައިވަނީ ފުލުހުންނާއި ރަށު ކައުންސިލާއި އާންމުން ގުޅިގެން ކުރި މަސައްކަތުން މިއަދު 06:26 ހާކަންހާއިރު ކަމަށެވެ.
އަދި މި ހާދިސާ ހިނގި އިރު ލޯންޗުގައި ކެޕްޓަނާއި ދެ ކްރޫއިން އަދި ކުޑަކުއްޖަކު ހުރި ކަމަށާއި ހާދިސާގައި ކްރޫއިންނަށް ކޮންމެވެސް ވަރަކަށް އަނިޔާވި ނަމަވެސް ބޮޑު އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.
މިގޮތުން އަލިފާން ރޯވި ލޯންޗު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާއިރު މިހާރު އެލޯންޗު ވަނީ ފަޅު ތެރެއަށް އަޑިއަށް ގޮސްފައި އެވެ.
މި ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

ހުޅުމާލޭ ކެފޭއެއް ބަލައި ފާސްކޮށް ބަނގުރަލާއެކު ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ޖަލުގައި އަމިއްލައަށް މަރުވާން މަސައްކަތްކުރި މީހާއަށް ފަރުވާދެމުންދަނިކޮށް މަރުވެއްޖެ

ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން ގަސް އިންދުމުގެ ހަރަކާތެއް ފަށައިފި
