logoEN
Sto top
މާލެ,ހުޅުމާލެ އަދި ވިލިނގިލީގައި މާދަމާ  އިންޖީނުލީ އުޅަނދު އަދި ބެޓެރި ވެހިކަލްތައް ދުއްވުން މަނާވާނެ!

މާލެ,ހުޅުމާލެ އަދި ވިލިނގިލީގައި މާދަމާ އިންޖީނުލީ އުޅަނދު އަދި ބެޓެރި ވެހިކަލްތައް ދުއްވުން މަނާވާނެ!

އަހުމަދު ޝުރާއު

logo

3/29/2025, 6:00:11 PM

# މާލެ ސިޓީ ކައުންސިލް

--

1446 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކޮށްފި އެވެ.

Wamco

މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ ޢީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ ޢާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް 13 ޖޫން 2024 ވަނަ ދުވަހު ބޭއްވުނު މާލޭ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 150 ވަނަ ރަސްމީ އާންމު ބައްދަލުވުމުގައި ވަނީ ނިންމާފައި ކަމަށެވެ.

އަދި އެގަޑީގައި އިމަޖެންސީ ޙާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްޞަ ސްޓިކަރ އެ ކައުންސިލްގެ ޢާންމު ޚިދުމަތާއި ބެހޭ ބައި ( ތައިސޭކޮށި، މާލެ ) 30 މާރިޗް 2025 ވަނަ ދުވަހުގެ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް ދޫކުރާނެ ކަމަށެވެ.

އެހެންކަމުން ގްރޭޓަރ މާލެ އޭރިއާގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިމާލޭ މަގުތަކުގައި މަތީގައި ދެންނެވިފައިވާ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް، އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުމަކީ މަނާކަމެއްކަމަށާއި އެ އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން، ފިޠުރު ޢީދު ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 23:30 އާއި ދެމެދު ގްރޭޓަރ މާލެ ސަރަހައްދުގައި ބަރު އުޅަނދު ދުއްވުމަކީ ވެސް މަނާކަމެއްގެ ގޮތުގައި ޓްރާންސްޕޯޓު މިނިސްޓްރީންވެސް ވަނީ ކަނޑައަޅާފައި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside